ބަދިގެތެރޭން - މެންގޯ ސްމޫތީ

ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ މެންގޯ ސްމޫތީ ތައްޔާރުކުރާނެގޮތެވެ. މިއީ ތައްޔާރުކޮއްލަން ފަސޭހަ ރަހަ މީރު ބުއިމެކެވެ.

ބޭނުންވާތަކެތި:

1/2 ޖޯޑު ކިރު (125 އެމްއެލް)

3 ޖޯޑު އަނބު (450 ގްރާމް)

1 ދޮންކެޔޮ ވައް

1/2 ޖޯޑު ޔޯގަޓް (150 ގްރާމް)

ތައްޔާރުކުރާނެގޮތް:

އަނބު، ދޮންކެޔޮ، ޔޯގަޓް އަދި ކިރު އެޅުމަށްފަހު ރަނގަޅަށް މިކްސްޗަރ އިން މިކްސް ކޮއްލާށެވެ. ރަނގަަޅަށް މިކްސް ވުމުން ނަގާ ތައްޓަކަށް އަޅާލާށެވެ. މިހާރ މިވަނި މެންގޯ ސްމޫތީ ތައްޔާރުކޮށް ނިމިފައެވެ. މެންގޯ ސްމޫތީ ބޮޑަށް މީރުވާނީ ފިނިކޮއްލައިގެންނެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ