ބަދިގެތެރޭން – ވެފާ ޕުޑިން

ފެށުން ބަދިގެތެރޭން މިފަހަރު ބަދިގެތެރޭން މިގެނެސްދެނި ވެފާ ޕުޑިން ތައްޔާރުކޮއްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ގެރިކިރު ދަޅު
  • 5 ބިސް
  • 2 މޭޒުމަތި ސަމުސާ މައިލޯ
  • 5 ޗޮކްލެޓް ވެފާ

ތައްޔާރު ކުރާނެ ގޮތް:

ބިސް، ގެރިކިރު، މައިލޯ އަދި ވެފާ މިކްސްޗަރަށް އެޅުމަށްފަހު ރަންގަޅަށް މިކްސް ވަންދެން ގިރަލާށެވެ. ދެން ޓްރޭއަކަށް ކުޑަ ހަކުރުކޮޅަކާއި ފެންފޮދެއް އެޅުމަށްފަހު ކުޑަކޮށް ރަތްވަންދެން ހޫނުކޮށްލާށެވެ. އެއަށްފަހު މިކްސްކުރި އެއްޗެހި ޓްރޭއަށް އަޅައިލާށެވެ. ދެން 30 ނުވަތަ 40 މިނެޓް ވަންދެން އާވިން ކައްކާލާށެވެ. މިހާރު މިވަނީ ވެފާ ޕުޑިން ތައްޔާރުކޮށް ނިމިފައެވެ.
މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ