ފިލްމް "ގޭމް އޯވާ" ވެސް އޮންލައިކޮށް ލީކް ކޮށްލައިފި

ތާޕްސީ ޕައްނޫ ލީޑް ރޯލުން ފެނިގެންދާ ބިރުވެރި ފިލްމް "ގޭމް އޮވާ" ރިލީޒްކުރިތާ އެންމެ 2 ދުވަސްވެސް ނުވަނީސް، ފިލްމް އޮންލައިންކޮށް ލީކްކޮށްލައިފިއެވެ.

އަޝްވިން ސަރަވަނަން ޑައިރެކްޓްކޮށްފައިވާ، "ގޭމް އޯވާ" ވެސް އޮންލައިންކޮށް ލީކް ކޮށްލައިފައި މިވަނީ، ފަހަކަށް އައިސް ބޮލީވުޑް، ޓެލެގޫ އަދި ހޮލީވުޑްގެ ފިލްމްތައްވެސް އޮންލައިންކޮށް ލީކުކުރަމުން އަންނަ “ތަމިލްރޮކާޒް” ވެބްސައިޓަކުންނެވެ.

މިއަހަރުގެ މެއި މަހުގެ ނަވަ ވަނަ ދުވަހު ރިލީޒްކޮށްފައިވާ ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" ވެސް ވަނީ ފިލްމް ނުކުތްތާ 3 ދުވަސްވެސް ނުވަނީސް “ތަމިލްރޮކާޒް" މި ވެބްސައިޓުން ފިލްމް ލީކް ކޮށްލާފައެވެ. އަދި ދާދިފަހަކުން ރިލީޒްވި ސްލްމާން ހާންގެ "ބާރަތް" ވެސް ވަނީ ހަމަ އެ ވެބްސައިޓުން ލީކްކޮށްލާފައެވެ.

ހިންދީ، ޓެމިލް އަދި ޓެލްގޫ ބަހުންވެސް "ގޭމް އޯވާ" ރިލީޒްކޮށްފައިވާއިރު، މި ފިލްމުގައި ފެނިގެންދަނީ، ވީޑިއޯ ގޭމް ކުޅެން ދެވިހިފާފައިވާ ތާޕްސީއަށް ދިމާވާ ބިރުވެރި ހާދިސާތަކެކެވެ. އަދި މި ފިލްމްގައި ތާޕްސީއަކީ، އަނދިރިކަން ދެކެ ބިރުގަނެ އެންޒައިޓީ ތަހައްމަލު ކުރާ މީހެކެވެ.

"ގޭމް އޯވާ"ގެ ކުރިން އަމީތާބް ބައްޗަންއާއެކު ތާޕްސީ ޕަންނޫ ފެނިގެންދިޔަ ފިލްމް "ބަދްލާ" ގައި މޮޅު އެކްޓިންއެއް އޭނާ ދައްކާފައިވާއިރު އެ ފިލްމް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް