ފޮޓޯ: އެމްއެންޑީއެފް

ގަދަވަޔާއެކު ނައިފަރު ގެއެއްގެ ފުރާޅު އެއްލާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ނައިފަރު ގެއްގެ ފުރާޅު ވަޔާ އެއްލައިލުމާއި ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންނާއި ރަށު ކައުންސިލާއި އަދި ރައްރިތުން ނިކުމެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ.

އުތުރުން ދެ ސަރަހައްދަކަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާއިރު، ކ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ، އެ އަތޮޅުގެ ރަށްތަކަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެއިޖެހި، ކަނޑުތައް ގަދަވެ އަދި އުދަ އެރާނެކަމަށް ލަފާކޮށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހއ. އިން ފެށިގެން ފ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ، އެ އަތޮޅުގެ ރަށްތަކަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެއިޖެހި، ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވެ، އަދި އުދައަރާނެ ކަމަށް ލަފާކޮށެވެ.

މި ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެެރެފައިވަނީ، މިއަދު 14:00 އިން ފެށިގެން 18:00 އާއި ހަމައަށެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ