British citizens and dual nationals residing in Afghanistan board a military plane for evacuation from Kabul airport, Afghanistan August 16, 2021, in this handout picture obtained by Reuters on August 17, 2021. LPhot Ben Shread/UK MOD Crown copyright 2021/Handout via REUTERS

އަފްގާނުން މީހުން ބޭރު ކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުން މިއަދު ހުއްޓާލަނީ

އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް މިއަދު ހުއްޓާލާނެ ކަމަށް އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އާމީ ފޯސްގެ ހެޑްއާއި ހަވާލާ ދީ ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިގެ މަގުން މީހުން ގެންދިއުމުގެ މަސައްކަތުގައި މިހާރު ހަރަކާތްތެރިވަނީ އެގައުމުގެ ވަރަށް މަދު ސިވިލިއަން ފްލައިޓްތަކެކެވެ.

އެ މަސައްކަތުގެ ތެރެއިން އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އަފްޣާނިސްތާނުން ޔޫކޭ ބޭރުކުރަމުން ދަނީ އަފްގާންގައި ހުރި އެ ގައުމުގެ އާންމު ރައްޔިތުންނާއި އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ އޮންނަ އަފްގާންގެ ރައްޔިތުންނެވެ.

ތާލިބާން ޖަމާއަތުން އަފްގާންގެ ވެރިރަށް ކާބުލް ހިފުމާއެކު އިނގިރޭސިވިލާތުންވެސް އަންނަނީ އަފްގާންގައި ތިބި އެގައުމުގެ ރައްޔިތުން ވައިގެ މަގުން ބޭރު ކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފައެވެ. އެގޮތުން އޮގަސްޓް 13 އިން ފެށިގެން މިހާތަނަށް 14،543 މީހުން އަފްގާން އިން ބޭރުކުރެވިފައިވާ ކަމަށް ޔޫކޭގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަދު އެ މަސައްކަތް ޔޫކޭ އިން ހުއްޓާލާއިރު، އަދިވެސް އެގައުމަށް އެތެރެވުމުގެ ހުއްދަ އޮންނަ އެތައް ސަތޭކަ މީހުންނެއް އަފްގާންގައި ތިބި ކަމަށާއި، ނަމަވެސް އެންމެން ވައިގެ މަގުން ބޭރު ނުކުރެވޭނެކަން އިނގިރޭސިވިލާތުގެ ސިފައިން ވަނީ ހާމަކޮށްފައެވެ.

ކާބުލްގެ އެއާޕޯޓުން މީހުން ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެހެން ގައުމުތަކަށް އޮތް އެންމެ ފަހު ދުވަހަކީ މި މަހުގެ 31 ވަނަ ދުވަސް ކަމަށް ތާލިބާނުން ވަނީ އަންގައިފައެވެ. އަދި އެ ދުވަހުގެ ފަހުން މަޑުކޮށްފިނަމަ ހަމަނުޖެހުން ހިންގާނެ ކަމަށް ތާލިބާނުން ވަނީ ބުނެފައެވެ.

ކާބުލްގެ އެއާޕޯޓު ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހު އައިސިސް ޖަމާއަތުގެ ގޮފި ކަމުގައި ޗާ އިސްލާމިކް ސްޓޭޓް އިން ހުރާސާން ޕްރޮވިންސް (އައިސިސް-ކޭ)އިން ވަނީ ދެ ބޮން ގޮއްވާލާ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި 140 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 13 އެމެރިކާ ސިފައިންވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ