ފިލްމީ ތަރި ސިދާތް ޝުކްލާ ހާޓް އެޓޭކެއް ޖެހި މަރުވެއްޖެ

އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ކާމިޔާބުކުރި މަޝްހޫރު ޓީވީ އެކްޓަރު ސިދާތް ޝުކްލާ ހާޓް އެޓޭކެއް ޖެހި މަރުވެއްޖެއެވެ.

ސިދާތް މަރުވީ މިއަދުގެ ވަގުތެއްގައި ކޫޕަރ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސިދާތްއަށް ހާޓް އެޓޭކެއް ޖެހުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ސިދާތްގެ ކުއްލި މަރާއެކު ޓެލެވިޒަން ފިލްމް އިންޑަސްޓްރީގެ ތަރިންނާއި ސިދާތްގެ ރައްޓެހިން އަންނަނީ މީސްމީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ސިދާތް މަރުވިއިރު އޭނާ ގެ އުމުރަކީ 40 އަހަރެވެ.

2019 ވަނަ އަހަރުގެ ބިގް ބޮސް ސީޒަން 13 އިން ވިދާލުމަށްފަހު ސިދާތް ވަނީ ހިންދީ ލަވަތަކުގައި މަސައްކަތް ކޮށްފައެވެ. އަދި އޭނާ ވަނީ ހިންދީ ޑްރާމާ ތައްވެސް ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ