ރަޝިއާގައި އެމެޖެންސީ ހާލަތްތަކަށް ކަނޑައަޅައިފައިވ،ާ އެމަޖެންސީސް މިނިސްޓަރު، ޔުވުގޭނީ ޒިނިޗޭވް ޓްރެއިނިން އެކްސަސައިޒެއްގެ ތެރެއިން މަރުވެއްޖެއެވެ.
ރަޝިއާގެ މި މިނިސްޓަރު މަރުވެފައިވަނީ، ރަޝިއާގެ ނޮރިލްސްކް ސިޓީގައި ހުންނަވާ ކުރިއަށް ދިޔަ މިލިޓަރީ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.
ރަޝިއާގެ ނިއުސް އޭޖެންސީއަކަށް އެ މިނިސްޓްރީން ދިން ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރ ޒިނިޗޭވް މިއަދު މަރުވެފައިވަނީ ރަސްމީ ޑިއުޓީގައި އުޅުއްވާ، ނޮރިލްސްކް ސިޓީއަށް ދިމާވާ އެމެޖެންސީ ހާލަތްތަކުން ރައްކާތެރިވެ ތިވުމަށް ޑިޕާޓްމެންޓްތަކުގައި ކުރިއަށްދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެެރެއިން، އެހެން މީހަކު ސަލާމަތްކުރަން އުޅެނިކޮށް ކަމަށެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.
މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައ، ޒިންޗީވް މަރުވެފައިވަނީ ކައްސާލައިގެން ފެންގަނޑެއްގެ ތެރެއަށް ވެއްޓުނު ފޮޓޯނަގަން އުޅުނު މީހަކު ސަލާމަތް ކުރަން އުޅުމުގެ ތެރެއިންނެވެ.
ޒިނިޗޭވް މަރުވިއިރު އޭނަގެ އުމުރަކީ 55 އަހަރެވެ. އެމަޖެންސީސް މިނިސްޓަރުގެ މަޤާމާއި އޭނާ ހަވާލުވީ 2018 ވަނަ އަހަރުއެވެ.





ހިޔާލު
މާތްބަހުން ޚަބަރު ލިޔުއްވުމަށް ދަންނަވަން.މިނިސްޓަރ މަރުވިކަމަށް ނޫހުގައި ލިޔުއްވުމަކީ އަދަބާ ޚިލާފު ކަމެއް.