މައްސަލަ ހައްލުކޮށް ވެލާނާ އެއާޕޯޓަށް ކަރަންޓު ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް، އަލުން ކަރަންޓު ދީފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް) އިން ބުނީ، އެއާޕޯޓަށް އަލުން ކަރަންޓު ދީ، ޚިދުމަތްތައް ދޭން ފަށައިފިކަމަށެވެ.

މިއަދު ހެނދުނު 09:40 ކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަރަންޓު ކެނޑުނުއިރު، އެއާޕޯޓުގެ ހިދުމަތްތަކަށް ވަނީ ބުރޫ އަރައިފައެވެ. އަދި އެއާޕޯޓުގެ ޓާމިނަލް ލިފްޓް ތެރޭ ފަތުރުވެރިންތަކެއް ތާށިވެގެން އުޅުނުކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް އެމްއޭސީއެލް އިން ހާމައެއްނުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ