މާލޭ ސިޓީ ކައުންސިލުން ވެމްކޯ ގޭޓް ކުރިމައްޗަށް ކުނިތަކެއް އަޅާލައިފިއެވެ.
ސިޓީ ކައުންސިލުގެ ޕިކަޕެއް އައިސް މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ކުނި މެނޭޖް ކުރާ ސަރަަހައްދުގެ ގޭޓް ކުރިމައްޗަށް ކުނިތައް އަޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ، މާލެ ސިޓީ ކައުންސިލްގެ ޕިކަޕެއްގައި، އެ ކައުންސިލްގެ މުވައްޒަފުން މާލޭ މަގުތަކުން ނެގި ކުނިތައް، ވެމްކޯ އޮފީސް ކައިރިއަށް އަޅާލާ ތަނެވެ.
ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާ އެކު، މާލޭގެ މަގުތަކުގައި ހުރި ކުނިތައް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ނަގަންފަށައިފައެވެ.
So @MaleCitymv dropped off all waste in-front of @WAMCOmv gate. Very professional communication between the two I see …. ???? pic.twitter.com/L7AUMTJic2
— Mauman (@mauman707) September 16, 2021



