ނަޝީދު މަރާލާނެ ކަމަށް އިންޒާރުދިން މީހާ--

ކޯޓުގައިވެސް ނަޝީދު މަރާލާނެ ކަމަށް ބުނުމުން އެއް މަހަށް ޖަލަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފި ނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ" ކަމަށް ބުނެގެން ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުގައި ވެސް އަލުން އެ އިންޒާރު ދިނުމުން އެއް މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ރ. މީދޫއިން ހައްޔަރުކޮށްފައިވަނީ، މުރުން 40 އަހަރުގެ އިސްމާއިލް ޔާސިފް އެވެ.

އޭނާ ހައްޔަރުކުރުމަށްފަހު މީގެ ކުރިން ވެސް ބަންދާމެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކޯޓްގައި ރައީސް ނަޝީދަށް އިންޒާރު ދީފައެވެ. އެހެން ކަމުން ކޯޓުގެ ހުުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅާ އޭގެ އަދަބެއްގެ ގޮތު، 15 ދުވަހުގެ ޖަލުގެ ހުކުމެއް ގާޒީ އިއްވެވިއެވެ.

އަދި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވެސް އޭނާ ވަނީ ރަައީސް ނަޝީދު މަރާލަން ޖެހޭ ކަމަށް ބުނެފައެވެ. އެހެންކަމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި އެއް މަސް ދުވަހަށް އޭނާ ޖަލަށް ލުމަށް ކޯޓުން މިއަދު ހުކުމް ކުރިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި ގުޅިގެން ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި މިވަގުތު ރާއްޖެއަށް ވަޑައިނުގަންނަވަން ނިންމަވާ ރާއްޖެއިން ބޭރުގައި މަޑުކުރައްވަން ނަޝީދު ނިއްމަވައިފައިވަނީ، ރާއްޖޭގައި އެކަށީގެންވާ ރައްކާތެރިކަން ނެތް ކަމަށާއި ރާއްޖެ އައުމަށް ޖެހިލުންވެ ވަޑައިގަންނަވާތީ ކަމަށް ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. 75

    ވަޒީފާ އަދާނުކޮށް ސަރުކާރުން މުސާރަ ކާލަ ކާލާ ތިބޭ ވާހަކަ ދެއްކި މީހުން މިއަދު މި ކުރަނީ ކޮން ކަމެއްބާ!!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ