ފޮޓޯ: ސަން

ސަމާލުވޭ! މާލޭގައި އިންފްލުއެންޒާއަށް ޕޮޒިޓިވްވާ އަދަދު އިތުރުވަނީ

މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިދުވަސްވަރުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ،  ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯރޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު، އިންފްލުއެންޒާ އަށް ޕޮޒިޓިވް ވާ އަދަދުވެސް ގިނަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަސް ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާ A އަށް ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓްކުރާ އަދަދުވެސް އިތުރުވަމުން އަންނަކަމަށް އެޗްޕީއޭއިން ފާހަގަކުރިއެވެ. އެގޮތުން، ސެޕްޓެމްބަރު މަސް ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ވަނީ ރިޕޯރޓްކޮށްފައެވެ. މިއީ ފާއިތުވެ ދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު 60 އިންސައްތަ އިތުރު އަދަދެއް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ެއެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ އެފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާ މިދުވަސްވަރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ކޮވިޑް-19އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމުން، ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެ ކުރިން މި އިންފްލްއެންޒާ ބަލި ޖެހިގެން ރާއްޖެއިން ވަނީ މީހުން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
34
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ