ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ ގައުމީ ޓީމު ރާއްޖެ އައިސް އެއާޕޯޓުގައި--- ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ އައި ތިންވަަނަ ޓީމަކަށް އިންޑިއާ

އަންނަ އޮކްޓޯބަރު މަހު އެކެއްގައި ރާއްޖޭގައި ފަށާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް"ގެ މެޗުތައް ކުޅެން އިންޑިއާގެ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މި މުބާރާތް މިހާތަނަށް 7 ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ ޓީމު ރާއްޖެއައިސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އިންޑިއާގެ ގައުމީ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ބަނޑޮސް އައިލޭންޑް ރިޒޯޓުގައެވެ.

މުބާރާތަށް ރާއްޖެ އައި ފުރަތަމަ ޓީމަކީ ނޭޕާލެވެ. ދެވަނައަށް އައި ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ސްރީލަންކާގެ ގައުމީ ފުޓުބޯޅަ ޓީމުވެސް މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

 

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. އަދި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނަކީވެސް ރާއްޖެއެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް، އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ