ރިސޯޓަކުން ފަތުރުވެރިންނަށް މަރުޚަބާ ދަންނަވަނީ

އިޓަލީގެ 'ރެޑް ލިސްޓުން' ރާއްޖެ އުނިކޮށްފި

އިޓަލީވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމާއެކު، އިޓަލީއިން ރާއްޖެ އައިސް، އަނބުރާ ގައުމަށް ދިއުމުގައި ކަރަންޓީނު ވާކަށް ނުޖެހޭއެވެ.

އިޓަލީގެ ގްރީން ލިސްޓަށް ރާއްޖެ ލައިފައިވާއިރު، ރާއްޖޭގެ އިތުރުން ބަންގްލަދޭސް، މިސްރު، ކެންޔާ، އޮމާން، ޕާކިސްތާން، ސްރީލަންކާ، އަދި ތުރުކީވެސް ވަނީ މި ލިސްޓަށް ލައިފައެވެ.

އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފައިވާއިރު، ރެޑް ލިސްޓުގައި އޮންނަތާ މަހެއްހާ ދުވަސް ފަހުން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުންވެސް ރާއްޖެ ނަގައިފައި ވަނީ މި މަހުއެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ލަފާކުރާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވޭނެއެވެ ނަމަވެސް 2022 ވަނަ އަހަރު ރާއްޖެއަށް މަދުވެގެން 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރައްވާނެ ކަމަށް ޓުއުރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ އަންދާޒާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ