ފަހުވަގުތު ރޮނާލްޑޯ ޖެހި ގޯލާއެކު ޔުނައިޓެޑަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރި މެޗުގައި އެންމެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލާއެކު ވިޔަރެއާލް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅެ  ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑު މި މެޗުން މޮޅު ވެފައިވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަނަމަވެސް ދެ ޓީމަށްވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައެއްނުވެއެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓު ތެރޭގައި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ވިޔަރެއާލުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަކޯ އަލްކަސޭރެވެ.

ނަމަވެސް މި ލަނޑުޖެހިތާ ކުޑައިރުކޮޅެއްފަހުން މެޗުގެ ދެވަނަ ލަނޑު އަދި މި މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުވީ އޭރިއާ ބޭރުން އަލެކްސް ޓެލޭސް ފޮނުވާލި ބޯޅަ ގޯލަށް ވަނުމާއެކުއެވެ.

ޔުނައިޓެޑު މި މެޗުން މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ފަސް މިނެޓުގެ ކުޅުމުގައި، ރޮނާލްޑޯ ޖެހި ގޯލަކުންނެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ އޭރިއާ ތެރެއިން ޖެސޭ ލިންގާޑް ދިން ބޯޅައަކުންނެވެ.

މި މެޗުގައި ރޮނާލްޑޯ ލަނޑު ޖެހިއިރު، މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 178 ވަނަ މެޗެވެ. އެއާއެކު ރޮނާލްޑޯ ވަނީ މި މުބާރާތުގެ ތާރީޙުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއާގެ ލަޤަބު ހޯދައިފައެވެ. މި ރެކޯޑު ކުރިން އޮތީ ރެއާލަށް ކުރިން ކުޅުނު ކީޕަރު އިކާ ކަސިޔަސް އަތުގައެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ އެޓަލާންޓާއިން ވަނީ 1-0 ގެ ނަތީޖާއަކުން ޔަންގް ބޯއީސް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެފްގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވަނީ އެޓަލާންޓާއެވެ. އަދި ވެ. ދެވަނައިގައި ޔަންގް ބޯއިސް އޮތްއިރު ތިންވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ