ބޮކްސިން ލެޖެންޑް މެނީ ޕެކިއާއު ބޮކްސިން އިން ރިޓަޔާވެއްޖެއެވެ.
މެނީ ޕެކިއާއު ބޮކްސިންއިން ރިޓަޔާވެފައި ވަނީ ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެގޮތުން 2022 ވަނަ އަހަރު ފިލިޕީންސްގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުރިކަން އޭނާ މީގެ ކުރިން ވަނީ ބުނެފައެވެ.
މެނީ ޕެކިއާއު ރިޓަޔާވިކަން އިއުލާނުކުރެއްވީ އޭނަގެ މީސްމީޑިއާއަށް ދޫކުރި ވީޑިއޯ އެއް މެދުވެރިކޮށެވެ. އެގޮތުން އޭނާ ބުނީ، އެންމެ ފަހު ރަންގަބީލުގެ އަޑު އިވިއްޖެ ކަމަށާއި، އޭނައަށް ބޮކްސިންގެ ކެރިއާ ނިމުމަކަށް އައިސްފިކަމަށެވެ.
އުމުރުން 42 އަހަރުގެ ޕެކިއާއު ސިޔާސީ ދާއިރާގެ މަސައްކަތް ފެއްޓެވީ 2010 ގައި ކޮންގްރެސް އިންނެވެ. އަދި ފުރުއްވަމުން ގެންދަވަނީ ފިލިޕީންސް ސަރުކާރުގެ ސެނެޓުގެ ގޮނޑި އެކެވެ.
އޭނާއަކީ ކުޑައިރު ވަރަށް ފަޤީރުމީހެކެވެ. ނަމަވެސް އެ ފަޤީރުކަމުން އަރައިގަނެވުނީ ބިކްސިންގެ ދުނިޔެއަށް ވަދެވުމާއެކުއެވެ. އަދި އެއަށްފަހު އޭނާއަކީ މީހުންނަށް އެހީވާ ވަރަށް ދީލަތި ބޭފުޅެކެވެ.
ފޭސްބުކްގައި ހިއްސާކުރި ރިޓަޔަމެންޓް ވީޑިއޯގައި ޕެކިއާއު ބުނީ، ބޮކްސިން އިން ދުރުވާން ނިއްމި ނިއްމުމަކީ މިހާތަނަށް އޭނާގެ ދިރިއުޅުމުގެ ކަނޑައަޅަން ޖެހުނު އެންމެ އުނދަގޫ ނިއްމުން ކަމަށެވެ. އެގޮތުން ބޮކްސިން އަކީ އޭނަގެ ދިރިއުޅުން އާރާސްތުކޮށް، ފަޤީރުކަމުން އަރައިގަތުމަށް ލިބުނު ފުރުސަތު ކަމަށް އޭނާ ފާހަގަކުރިއެވެ.
ޕަކިއޯއު ވަނީ އޭނަގެ ބޮކްސިންގެ ކެރިއަރުގައި އެހީވި ސަޕޯޓަރުންނަށާއި، ރައްޓެހިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ހާއްސަކޮށް އޭނަގެ ޓްރެއިނާ ފްރެޑީ ރޯޗް އަކީ އޭނަގެ އާއިލާ ކަމަށް ފާހަގަކޮށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.
ޕަކިއާއޯ ވަނީ 26 އަހަރު ޕްރޮފެޝަނަލް ބޮކްސިންގައި ހޭދަކޮށްފަ އެވެ. އޭނާ އެ މުއްދަތުގެ ތެރޭގައި 72 މެޗުގައި ތެޅިިއިރު، 62 މެޗުން މޮޅުވި އެވެ.




