ގައުމީ ފުޓުބޯޅަ ޓީމުގެ އައު ޖާޒީ--

ގައުމީ ދިދަ ރަމްޒުކޮށްދޭ ފަރުމާއާއެކު ގައުމީ ޖާޒީ ދައްކާލައިފި

މާދަމާ ހަވީރު ރާއްޖޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހި ގައުމީ ޓީމުގެ ފުޓުބޯޅަ ޓީމުން ލާ ޖާޒީ ރަސްމީކޮށް ލާންޗުކޮށް، އާއްމުންނަށް ދައްކާލައިފިއެވެ.

ގައުމީ ޓީމުގެ އައު ޖާޒީ ދައްކާލައިފައިވަނީ އެފްއޭއެމްއިން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޖާރޒީ ދައްކާލަދިނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި ދިވެހި ފުޓުބޯޅައިގެ ކުރީގެ ތަރި އަލީ އާޒިމް އެވެ. މި ރަސްމިއްޔާތުގައި ން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅުމަށް ގައުމީ ޓީމުން ބޭނުންކުރާނީ ތިން ޖާޒީ ކިޓެއް ވަނީ ދައްކާލައިފައެވެ. އެއީ ޓީމުން ބޭނުން ކުރާނެ ދެ ކިޓާއި، ކީޕަރުގެ ޖާޒީއެވެ.

ގައުމީ ޓީމުގެ މި އައު ޖާޒީ ފަރުމާކޮށްފައިވަނީ ދިވެހި ދިދަ ރަމްޒްކޮށްދޭ ގޮތަށް، ފެއްސާއި ރަތާ، އަދި ހުދު ކުލަ ހިމަނައިގެންނެވެ. މިފަހަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ފަރުމާކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމުގައިވާ އައިލެންޑް އެޕަރަލްސް އެވެ.

މާދަމާ މާލޭގެ ގަލޮޅު ދަނޑު ސްޓޭޑިއަމްގައި ސާފް ޗެމްޕިއަންޝިޕް ފަށާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗަކީ މާދަމާ ރޭ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ