މީހެއްގެ ބަނޑުން މޮހޮރާއި، އިސްކުރާއެކު ވަޅިތަކެއް ނަގައިފި

ޔޫރަޕްގެ ގައުމެއް ކަމުގައިވާ ލިތުއޭނިއާގައި، ފިރިހެނެއްގެ ބަނޑުން އެއް ކިއްލޯއަށްވުރެ ގިނަ މޮހޮރާއި، އިސްކުރާއެކު ވަޅިތަކެއް ނަގައިފިއެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ބީބީސް ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހާ ދަގަނޑު ފަދަތަކެތި ކާން ފެށީ ރާބުއިން ހުއްޓާލުމަށް ފަހުއެވެ. އަދި މި މީހާ ދަގަނޑު ކާތާ މިހާރު އެއް މަސްވެދާނެއެވެ.

މި މީހާގެ ބަނޑުން ދަގަނޑު ނެގުމަށް ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ ކްލައިޕެޑާ ޔުނިވާސިޓީ ހޮސްޕިޓަލްގައެވެ. ހަބަރުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެމީހާގެ ބަނޑުން ނެނގި ބައެއް ދަގަނޑު ބާވަތްތަކުގެ ދިގުމިނުގައި  10 ސެންޓިމީޓަރު ހުއްޓެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ބަނޑަށް ތަދުވާން ފެށުމުންނެވެ. އަދި އެމެޖެންސީކޮށް އޮޕަރޭޝަންކޮށްފައިވާއިރު، އޮޕަރޭޝަންގައި ތިން ގަޑިއިރު ހޭދަވިއެވެ.

އެމީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
222721
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ