"ޒުވާންް މަސްވެރިޔާ" ހަސަަން ސާޖިން--

ސަފާރީއެއް ސަލާމަތް ކުރަން އުޅެނިކޮށް ޒުވާން މަސްވެރިޔާގެ ފައި ބިނދިއްޖެ

ރޭ މޫސުން ގޯސްވުމުގެ ސަބަބުން ހުޅުމާލެ ފޭސް 2 ގެ ފަޅުތެރެއިން ތޮއްޓަށް ލައްވާން ދިޔަ ސަފާރީއެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި، "ޒުވާން މަސްވެރިޔާ"ގެ ނަމުން މަޝްހޫރު ހަސަަން ސާޖިންގެ ފައި ބިނދިއްޖެއެވެ.

އެމްއެންޑީއެފުން ރޭ ދަންވަރު މައުލޫމާތު ދިންގޮތުގައި، ހުޅުމާލެ ފޭސް 2 (ފަރުކޮޅުފުށި ފަޅުތެރެއިން) ސަފާރީއެއްގެ ވައު ކަނޑައިގެންގޮސް، ތޮއްޓަށް ލައްވާތީ، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ސާޖިންގެ ފައިިން ދެ ތަނެއް ބިންދައިގެން ދިޔައީވެސް މި ހާދިސާއާ ގުޅިގެންނެވެ. އެގޮތުން "މަސްވެރިން އެމްވީއާ" މި ވާހަކަ ހިއްސާކުރަމުން ސާޖިން ކިޔައިދިން ގޮތުގައި، ފައި ބިންދައިގެން ދިޔައީ، ސަފާރީގެ ނަގިލި ކަހާލައިގެން ގޮސް ތޮއްޓަށް ލައްވަމުންދާތީވެ، އެހެން ދޯންޏެއްގެ އެހީގައި ސަފާރީގައި ވާޖަހާފަ ދަމާލި ތަނުން ވާ ކަނޑައިގެން އައިސް ވަރަށް ބާރަށް ފައިގައި ޖެހުމުގެ ސަބަބުންނެވެ. އެ ވަލުން ފައިގައި ޖެހުނުލެއް ބާރުކަމުން ބިންދައިގެން ދިޔަ ދެ ތަނުން މަސްގަނޑު ފަޅައިގެން ގޮސް ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށް ސާޖިން ވަނީ ބުނެފައެވެ.

ސާޖިން މި ސަފާރީއަސް އެހީވުމަށް ރޭ ދަންވަރު އެ ސަރަހައްދަސް ދިޔައީ ސަފާރީގެ ނަގިލި ކަހާލައިގެން ގޮނޑުދޮށަށް ލައްވަމުންދާތީވެ، މަސްދޯނިފަހަރުތަކުގެ އެހީތެރިކަމަށް އެދި ބަޔަކު އޭނާއަށް ގުޅުމުންނެވެ.

ސާޖިންއަށް ރޭ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިންއިރު، އިތުރު ފަރުވާއަށް އޭނާ މިހާރުވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދި ފައި ސާޖަރީކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ