ރޮނާލްޑޯއަށް އެއްމާބަނޑު ދެކުދިން ލިބެނީ

ޕޯޗުގަލްގެ ތަރި އަދި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނަގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް އެއްބާމަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.

މި ދެމީހުންނަށް މި އުފާވެރި ހަބަރު އިއުލާންކުރީ ރޮނާލްޑޯ އޭނަގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއް މެދުވެރިކޮށެވެ. މި ޕޯސްޓް ވަނީ ޖޯޖީނާ ވެސް ހިއްސާކޮށްފައެވެ.

ރޮނާލްޑޯ އާއި ޖޯޖީނާއަށް ލިބެން އުޅޭ އެއްމާބަނޑު ދެކުދިންގެ އަލްޓްރާސައުންޑް ސްކޭން ފޮޓޯއެއް ހިފަހައްޓައިގެން ހުރެ އެ ދެމީހުން ނަގައިފައިވާ ފޮޓޯއެއް މީގެ ކުޑައިރުކޮޅެއް އިންސްޓަގްރަމްގައި ހިއްސާކޮށް، ދެމީހުންވެސް ބުނެފައިވަނީ، އެއްމާބަނޑު ދެކުދިން ލިބެން އުޅޭތީ ވަރަށް އުފާވެފައި ހުރި ކަމަށެވެ.

36 އަހަރުގެ ރޮނާލްޑޯއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭއިރު، އޭނައަކީ މިހާރުވެސް 4 ކުދިންގެ ބައްޕައެކެވެ. އޭގެ ތެރެއިން 11 އަހަރުގެ ދޮށީ ފިރިހެން ދަރިފުޅާއި އަދި 4 އަހަރުގެ އެއްމާބަނޑު ދެ ފިރިހެން ކުދިންނަކީވެސް ސަރެގޭޓް މެދުވެރިކޮށް ހޯދި ދެކުދިންނެވެ. އަދި އެންމެ ހަގު ދަރިފުޅަކީ ލޯބިވެރިޔާ، ޖޯޖީނާއާއެކު ލިބުނު 3 އަހަރުގެ އަންހެން ދަރިފުޅެވެ.

ސަރެގޭޓް މެދުވެރިކޮށް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދޮށީ ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ ލިބިފައިވަނީ 2010 ވަނަ އަހަރުއެވެ. އަދި އޭވާ މަރީއާ އާއި މަޓެއޯ ރޮނާލްޑޯ ހޯދާފައިވަނީ 2017 ވަނަ އަހަރުއެވެ. މި ތިން ކުދިންގެ މަންމައަކީ ކާކުކަން ރޮނާލްޑޯ ހާމަކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯ އާއި ލޯބިވެރިޔާ ޖޯޖީނާއަށް 2017 ވަނަ އަހަރު އަންހެން ކުއްޖަކު ލިބިފައިވާއިރު، ކުއްޖާގެ ނަމަކަށް ކިޔާފައިވަނީ އަލާނާކަން ރޮނާލްޑޯވަނީއެވެ.

މިލިޔުން ކިޔާލުމުން
123
ގުޅުންހުރި ލިޔުންތައް

2 Responses

  1. ޞައްދާމު

    ލޯބިވެރިޔާ! އަށް ލިބޭ ދަރި! މާނައަކީ ކައިވެނިން ބޭރު. މިވެސް މުހިންމު ޚަބަރު؟

  2. ބަނާނާ

    ތިޔައީ އުފާވެރި ޚަބަރެއް ނޫން..ތިޔައީ ނަހަލާލު ޚަބަރެއް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ