ޝާހްރުކްގެ ދަރިފުޅު ކަފާލާތުގެ ދަށުން ސަލާމަތްވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކްހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔަން ހާން ކަފާލާތުގެ ދަށުން ދޫކޮށްލަން މުމްބާއީގެ ހައިކޯޓުން އެންމެފަހުން ނިންމައިފިއެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އުމުރުން 23 އަހަރުގެ އާރިޔަން ހާން ހައްޔަރު ކޮށްފައިވަނީ، ކްރޫޒް ޝިޕެއްގައި ބޭއްވި ޕާޓީއެއްގެ ތެރެއިން މި މަހުގެ 4 ވަަނަ ދުވަހުއެވެ.  އެގޮތުން އާރިޔަން ހައްޔަރު ކުރީ ކްރޫޒް ޝިޕް ބަލާފާސްކުރުމުގެ ތެރެއިން ފެނިފައިވާ ޑްރަގްގެ މައްސަލައިގައެވެ.

މި މައްސަލައާއި ގުޅިގެން އާރްޔަން އާއެކު އޭނަގެ ދެ ރައްޓެހިންވެސް ހިމެނޭހެން އިތުރު މީހުންތަކަކާ އެންސީބީން ވަނީ ސުވާލުކޮށްފައެވެ.

އާރްޔަން ހައްޔަރުކުރި ދުވަހުން ފެށިގެން އެތައް ފަހަރެއްގެ މަތިން އޭނަގެ އާއިލާއާއިން އައީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް މަސައްކަތްކޮށްފައެވެ. ގޮތުން އެންސީބީގެ ކޯޓަށް ހަތަރު ފަހަރަށް ކަފާލާތަށް ހުށަހެޅިނަމަވެސް، އެންސީބީން މި މައްސަލައިގައި އެއްވެސް ދުލެއް ނުދިނުމަށް ވަނީ ހިފާލައިފައެވެ.

އެހެންކަމުން ދެން ކަފާލާތަށް އެދި ހުށަހަޅާފައިވަނީ މުމްބާއީގެ ހައި ކޯޓަށެވެ. މުމްބާއީ ހައި ކޯޓުން މި މައްސަލައިގައި ދެ އަޑުއެހުމެއް މިހާތަނަށް ބާއްވައިފައިވާއިރު، އަދުގެ އަޑު އެހުމުގައި އާރްޔަން ވަނީ ކަފާލާތުގެގެ ދަށުން ދޫކޮށްލަން ވަނީ ނިންމައިފައެވެ. އަދި އާރްޔަން އާއެކު ހައްޔަރު ކުރި އިތުރު ދެ މީހަކު ދޫކޮށްލަންވެސް އެ ކޯޓުން މިއަދު ވަނީ ނިންމައިފައެވެ.

އާރްޔަން ކަފާލާތުގެ ދަށުން ސަލާމަތްވުމާއި ޝާހްރުކްގެ ރައްޓެހިންނާއި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އެކަން ފާހަގަކޮށް އުފާފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުންޖިޗޭ

    ސިޔާސީގޮތުން ކަމުގައި ވިޔަސް ޝާހުގެ ދަރިފުޅު ހައްޔަރުވެގެނާ ދިއުމަކީ ދަރިފުޅާ ދޭތެރޭ ވަރަށްބޮޑަށް ސަމާލުވާންޖެހޭ ކަމާއި ވަރަށްބޮޑަށް ފަރުވާކުޑަކޮށްލެވިފައިވާކަން ސަމާލުކަމަށް ގެނުވިކަމެއް. ފައިސާ ހުއްޓަސް ލޮލުގެ ފިނިކަމަކީ އަޚުލާޤު ރަނގަޅު ދަރިން ތިބުންކަން ވިސްނައިދިން ކަމެއް. މިކަމުގެސަބަބުން ޝާހު އިތުރަށް ހޭއަރާނެކަމުގައި ދެކެން.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ