ވަޅިން ހަމަލާދީ އޮސްޓްރޭލިއާގައި ޓިޗަރަކު ޒަހަމް ކޮށްލައިފި

އޮސްޓްރޭލިއާގެ ޕާތް ސިޓީގައި ހުންނަ ޕަބްލިކް ސްކޫލެއްގައި ދަރިވަރަކު ޓީޗަރަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ޕާތް ސިޓީގެ ވިލެޓަން ސީނިއާ ހައި ސްކޫލުގައި މިއަދު ހެނދުނު 11 ޖަހާކަން ހާއިރު ހިނގި މި ހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 50ން މަތީގެ އަންހެން ޓީޗަރެކެވެ. އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރަކު އެ ޓީޗަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ވަނީ ފިލައިފައެވެ.  އަދި މި ހަމަލާގެ ހާދިސާއަށްފަހު، މިހާރު ސްކޫލް ވަނީ އެމެޖެންސީ ހާލަތަށް ގެނެސް ލޮކްޑައުންވެސް ކޮށްފައެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަންހެން ޓީޗަރަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބުނު ކަމުގައިވިޔަސް، އޭނާއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައެވެ. އަދި މިހާރު އޭނާގެ ހާލަތު ރަނގަޅެވެ.

މި ހަމަލާ ދިނުމަށްފަހު ފިލި ދަރިވަރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާއާއި ގުޅިގެން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ކްލާސްރޫމްގެ އެތެރޭގައި ތިބުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މި ހަމަލާ އާއި ގުޅިގެން އެއްވެސް ދަރިވަރަކަށް ގެއްލުން ނުވާކަން އެ ސްކޫލުން ވަނީ ކަށަވަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ