ކޮޕް26 އަކީ ބޮޑު ފެއިލިއާއެއް: ގްރެޓާ ތަންބާގް

ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ ބައިނަލްއަގްވާމީ ސަމިޓް ކޮޕް26 އަކީ ބޮޑު ނާކާމިޔާބީއެއް ކަމަށް ޒުވާން ތިމާވެށި އެކްޓިވިސްޓު ގްރެޓާ ތަންބާގް ބުނެފި އެވެ.

ކޮޕް 26 ސަމިޓް ފެއިލްވެފައިވާ ކަމަށް ބުނެ މިފަދައިން ގްރެޓާ ވާހަކަދެއްކީ އެތައްހާސް ޒުވާނުން ބައިވެރިވެގެން ގްލާސްގޯގެ މަގުތަކުގައި މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ ހިނގާލުމުގައެވެ. މި ހިނގާލުން ލީޑު ކުރީ އެންމެ ކުރީ ސަފުގައި ހުންނަވާ ގްރެޓާ އެވެ.

މި ސަމިޓް ފެއިލްވެފައިވާކަން އެނގޭ ކަމަށާއި، އެއީ ސިއްރެން ނޫންކަމަށް ގްރޭޓާ ބުނެފައިވާއިރު، ދުނިޔެ ހޫނުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް، ޖައްވަށް ދޫކުރާ ގޭސްތައް ދޫކުރުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށް ގޮވާލާފައިވެއެވެ.

ތަންބާގް ބުނީ، "ކޮޕް 26 ފެއިލްވެފައިވާކަން އެއީ ސިއްރެން ނޫން" ކަމަށެވެ. އަދި މި ކްރައިސިސް ހައްލުކުރުމަށް އެންމެ ފުރަތަމަ ކަންކަން ކުރި ގޮތަށް މިކަމަށް ހައްލެއް ނުލިބޭނެކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން 120 ގައުމެއްގެ ލީޑަރުން ބައިވެރިވެގެން ފެށި ކޮޕް26 ސަމިޓަކީ، ބޮޑެތި ވިޔަފާރިތައް ދަމަހައްޓާ، އެމީހުންގެ އަމިއްލައަށް ފައިދާއަށް ކުރިއަށްގެންދާ ވިޔަފާރިތަކުގެ ސެލެބްރޭޝަންއެއް ގޮތަށް ތަންބާގް ވަނީ ސިފަކޮށްފައެވެ. އަދި ކީ ކޮޕް26 ބައްދަލުވުންތަކުން އެކަށީގެންވާ އަވަސް ފިޔަވަޅާ ހަމައަށް ދާން މަސައްކަތް ނުކުރާތީ އެކަމާ ދެކޮޅަށް ތަންބާގް ވަނީ އަޑުއުފުލައިފަ އެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ