މަތިންދާބޯޓު ވެއްޓި ބުރެޒިލުގެ މަޝްހޫރު ލަވަކިޔުންތެރިޔަކު މަރުވެއްޖެ

ބްރެޒިލްގެ އެންމް މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަންހެން ލަވަކިޔުންތެރިޔާ މެންޑޮންކާ މަތިންބޯޓު ވެއްޓުނު ހާދިސާއެއްގައި މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މެންޑޯންކާގެ އިތުރުން އެ މަތިންދާ ބޯޓުގައި އޭނައާއެކު ދަތުރުކުރި އޭނަގެ ބޮޑުބެއާއި، ޕްރޮޑިއުސަރާއި އަދި އިތުރު ދެ ކްރޫ މެންބަރުންވެސް މަރުވިއެވެ. މި ހާދިސާ ހިނގީ މިނާސް ގެރާއިސް ސްޓޭޓް ސަރަަހައްދުގައެވެ.

މެންޑޯންކާ މި މަތިންދާބޯޓު ފުރައިގެން ދިޔައީ ގޯނިއާއިން ކެރަޓިންގާ އިއްޔެ ބާއްވަން ހަމަޖެހިފައިވާ ކޮންސެޓެއްގައި ބައިވެރިވުމަށް ކަމަށް ހަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މެންޑޯންކާ ދަތުރުކުރަމުން ދިޔަ ބޯޓު ވެއްޓުނީ ކީއްވެގެންތޯ ދެނެގަތުމަށް އެ ހާދިސާ މިހާރު ވަނީ ތަހުގީގުކުރަން ފަށައިފައި ކަމަށް ބޭރުގެ ހަބަރުތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

26 އަހަރުގެ މެންޑޯންކާ އަކީ ލެޓިން ގްރޭމީ އެވޯޑް 2019 ވަނަ އަހަރު ހާސިލު ކުރި ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރި އެކެވެ. އޭނާ މަރުވި އިރު، އޭނަގެ 2 އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ.

މެންޑޯންކާގެ މަރުގެ ހަބަރު ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އަށް ލިބުމާއެކު ކުރި ޓްވީޓެއްގައި ބުނީ، އިހްސާސްކުރެވުނީ ވަރަށް ގަތް މީހަކު ގެއްލުނު އިހްސާސްކަމަށާއި، މިވަގުތު މުޅި ގައުމު އޮތީ މި ހަބަރާއެކު ޝޮކެއްގައި ކަމަށެވެ. އަދި މެންޑޮންކާއަކީ މި ޖީލުގެ އެންމެ މޮޅު އެއް އާޓިސްޓު ކަމަށް ރައީސް ޖައިރް ބޮލްސޮނާރޯ ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ