ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ދަރިކަނބަލުން، ލައިބާ އަހުމަދު މަހްލޫފް (އެލީ) ގެނެސްދޭ އާ ލަވައިގެ ޓީޒާއެއް ދައްކާލައިފިއެވެ.
ކުރިއަރަމުން އަންނަ އެލީ މިފަހަރު ގެނެސްދޭ ލަވައަކީ، ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިއާ، ކިޔައިފައިވާ ހިޓް ލަވަ، "ޗީޕް ތްރިލްސްގެ" ކަވާ ވާޝަން އެކެވެ. މިއީ އެލީ ގެ އަޑުން އިވިގެންދާނެ ދެވަނަ އިނގިރޭސި ކަވާ ވާޝަންއެވެ.
އެލީގެ ހިތްގައިމު އަޑުން އިވިގެންދާނެ "ޗީޕް ތްރިލްސް" ގެ ކަވާ ވާޝަން ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ހާމަކޮށް، މި ލަވައިގެ ޓީޒާއެއް ދައްކާލައިފައި ވަނީ އިއްޔެއެވެ. މި ލަވައިގައި އެލީ އާއެކު، އޭނަގެ އޮންލައިން ވޯކަލް ކޯޗުވެސް ބައިވެރި ވެއެވެ.
އެލީ ބުނިގޮތުގައި، މި ލަވައިގައި އެލީގެ ކޯޗު ބައިވެރިވެފައި ވަނީ ވީ އޭނާ ރާއްޖެ ކުރި ދަތުރެއްގައެވެ. އެކަމަށް އެލީ ވަނީ ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މި ލަވައިގެ މިއުޒިކް އާއި ރެކޯޑިންވެސް ހަދައިދީފައި ވަނީ، އެލީގެ ފުރަތަމަ އިނގިރޭސި ލަވައިގެ ކަވާ ވާޝަންގެ މުއިޒިކްވެސް ހަދައިދިން، ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ބާޗީ އެވެ.
Hi all.????????
Here’s the trailer of my second English cover song “Cheap Thrills” by one of my favorite artists Sia.
Thanks to my online vocal coach for being part of it during her visit to Maldives & Barchie sir for the recording and mixing.
Hope you all will like it. ❤️ pic.twitter.com/FKaZX60Y7V
— Laiba Ahmed Mahloof (@Laiba_Mahloof) November 12, 2021
އެލީގެ ލަވަކިޔުމުގެ ހުނަރާއެކު ގިނަ ދިވެހިންގެ ހިތްތަކާއި އޭނާ ވަނީ ކުޅެލައިފައެވެ. ދިވެހި ލަވަތަކުގެ އިތުރުން، އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިކާ ޖާވިޑް އަލީ އާއެކުވެސް ލަވައެއް ކިޔާ އެ ލަވައިގެ ވީޑިއޯ އެއްވެސް ނެރެފައެވެ.
ލަވަ ކިޔުމަށް ހުންނަ ޝައުގުވެރިކަމާއެކު އެލީގެ ހުނަރުވެރިކަން ދައްކަމުން އަންނައިރު، އެލީ ފުރަތަމަ ގެނެސްދިން އިނގިރޭސި ލަވައެއްގެ ކަވާ ވާޝަން އަކީ، ޓޯންސް އެންޑް އައިގެ މަޝްހޫރު އިނގިރޭސި ލަވަ "ޑާންސް މަންކީ" ގެ ކަވާ ވާޝަން އެވެ. އެ ލަވަ ރިލީޒްކުރީ މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅުއެވެ. ރީތި ވީޑިއޯ އަކާއެކު ނެރެނު މި ލަވަ ގިނަ ބަޔަކަށް ކަމުގޮސް، ބޮޑު ތަރުހީބެއް ލިބުނެވެ.



