ނިއުމާ ހުހެއް ނޫން، ވަރަށް އަވަހަށް ކައިވެނި ކުރަނީ!

ދިވެހި ފިލްމީ އިންޑަސްޓްރީގައި އުފެދުނު އެންމެ ކުޅަދާނަ ބަތަލާ ކަމަށް ގިނަ ބަޔަކު ދެކޭ، ނިއުމާ މުހައްމަދު އަނެއްކާވެސް ވަރަށް އަވަހަށް ޒަވާޖީ ހަޔާތެއް ފަށަން އުޅޭކަމުގެ އިޝާރާތެއް ދީފިއެވެ.

މިހާރު ފިލްމް ކުޅުން ހުއްޓާލާ، ކެމެރާ ފުރަގަހުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ނިއުމާ މީގެ ކުރިން ވަނީ ތިން ކައިވެންޏެއް ކޮށްފައެވެ. އޭނާ ފުރަތަމަ ކައިވެންޏެއް ކޮށްފައިވަނީ 2003 ވަނަ އަހަރު އެވެ. އެ ކައިވެނި ރޫޅި، އޭނާ ވަނީ އޭގެ ފަހުން މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންއާ ވެސް ކައިވެނި ކޮށްފައެވެ. އެ ކައިވެންޏަށް ފަހު އޭނާ ދެން ކައިވެނި ކުރީ ހަސަން އާއެވެ. ހަސަން ވަނީ ނިއުމާއާ ކައިވެނިކުރުމަށް ފަހު ބައެއް ލަވަތަކުންވެސް ފެނިފައެވެ. އަދި އެ ކައިވެންޏަށް ދަރިފުޅު ޒޯޔާ ހަސަން ވަނީ ލިބިފައެވެ.

ދިވެހި ޗެނަލް އިން ގެނެސްދޭ "ލޯބިލޯބިން" ޕްރޮގްރާމުގައި ބައިވެރިވެ ވާހަކަދައްކަމުން ނިއުމާ ވަނީ އޭނަގެ ލޯބިވެރިޔަކު ހުންނަ ކަން ހާމަކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ޒަވާޖީ ހަޔާތެއް ފަށާނެ ކަމުގެ އިޝާރާތެއްވެސް ނިއުމާ ވަނީ ދީފައި ވެއެވެ.

ނިއުމާ ބުނިގޮތުގައި، ހަޔާތުގެ ބައިވެރިއަކަށް އިހުތިޔާރު ކުރާ މީހެއްގެ ގައިގައި އޭނާ ބޭނުންވާ ސިފަތަކެއް ހުންނަން ޖެހެއެވެ. އޭގެތެރޭގައި އެކަކު އަނެކަކަށް އިތުބާރު ކުރުމާއި، އިހުތިރާމްކުރުން އަދި ދީނަށް ލޯބި ކުރާ މީހެއް ކަމުގައި އޭނަގެ ހަޔާތުގެ ބައިވެރިޔާ ވާންޖެހެއެވެ. ނިއުމާ ހަޔާތުގެ ބައިވެރިޔެއް އިހުތިޖާރު ކުރަނީ މިކަންކަމަށް ބަލައިފައި ކަމަށް އޭނާ ބުންޏެވެ.

ސްކޫލު ދައުރަށްފަހު ސީދާ މީހަކާއި ލޯބީގެ ގޮތުން އެންމެ ފުރަތަމަ ގުޅުނީ އުމުރުން 21 އަހަރުގައި ކަމަށް ނިއުމާ މި ޕްރޮގްރާމުގައި ބުންޏެވެ.

އުމުރުން 43 އަހަރުގެ ނިއުމާ، ފިލްމް ކުޅުން ހުއްޓާލީ މީގެ ދެތިން އަހަރު ކުރިންނެވެ. އޭނާ ކެމެރާ ކުރިމަތިން ފެނުނު އެންމެ ފަހު ފިލްމަކީ ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ އިން ޕްރޮޑިއުސްކޮށް، މުއުމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނިވައިރޯޅި" އެވެ.

މިލިޔުން ކިޔާލުމުން
161
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޢަވާމެނދުރު

    ދީނަށްލޯބިކުރާމީހަކުބޭނުމިއްޔާތިމާއެހަެްދޯނަެްލޯބިކުރައްވީނު ފިލްމުގެހުރިހާމަކުންދުރުވެ ބުރުގާއެޅުންފަދަކަންތައްވެސްހުރީހުރިގޮތައް އެއީއަސާސީކަންތައްތަެްވެސް ހުރީަދިނުވެޔެއްނު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ