"ސްޕައިޑަރ މޭން 3" ގެ ޓްރެއިލާ ދައްކާލައިފި!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމް "ސްޕައިޑަރ މޭން" ގެ ތިން ވަނަ ބައި "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" ގެ ފުރިހަމަ ޓްރެއިލާއެއް ދައްކާލައިފިއެވެ.

މި ފިލްމްގެ އެއްވެސް ޓީޒާއެއް އަދި ޓްރެއިލާއެއްވެސް ނުނެރޭތީވެ ފޭނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށ،ް ފިލްމްގެ ފުރަތަމަ ޓީޒާ ޓްރެއިލާއެއް ދައްކާލީ މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު އެވެ. އަދި މި ފިލްމް ގެ ފުރަތަމަ އޮފިޝަލް ޓްރެއިލާ ދައްކާލީ އިއްޔެ އެވެ.

ސޮނީ އާއި ޑިޒްނީއިން އުފައްދާ މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ ތެރެއިން ގެނެސްދޭ "ސްޕައިޑަ މޭން: ނޯ ވޭ ހޯމް" ގެ މި ޓްރެއިލާގެ ދިގު މިނަކީ 3 މިނެޓާއި 3 ސިކުންތެވެ. މި ޓްރެއިލާ ޔޫޓިއުބްގައި ރިލިޒްކުރިތާ އެއް ދުވަސްވެފައި ވާއިރު، ޔޫޓިއުބްގައި ޓްރެއިލާއަށް 33 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

“ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް” ގައި އެންމެ ފަހުން ހިނގާފައިވާ ހާދިސާއަށް ބަލާއިރު، ފިލްމްގެ ޕޯސްޓް ކްރެޑިޓް މަންޒަރުގައި، ސްޕައިޑަމޭންއަކީ ކާކުކަން ފިލްމްގެ ވިލަން “މިސްޓީރިއޯ” މުޅި ދުނިޔެއަށް ވަނީ ފަޅާއަރުވާލަފައެވެ. އެހެންކަމުން މިފަހަރުގެ ފިލްމްގައި އެންމެންނަށް ސްޕައިޑަމޭންގެ އައިޑެންޓިޓީ އެނގުމުން ޕީޓާ ޕާކާ އަށް ކުރިމަތިވާ ކަންކަން ދައްކުވައިދެއެވެ.

ޓްރެއިލާއިން ފެނިގެންދާ މަންޒަރުތަކަށް ބަލާއިރު، ފިލްމްގައި ސްޕައިޑަމޭން އާއިއެކު އޭނަގެ ގާޑިއަންއެއްގެ ގޮތުގައި މިފަހަރު އުޅެނީ ޑޮކްޓަރ ސްޓެރޭންޖެވެ. އަދި މީގެ ކުރިން ސްޕައިޑަމޭން ފިލްމްތަކުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ވިލަން "ޑޮކްޓަރ އޮކްޓޮޕަސް" ފެނިގެންދާ މަންޒަރެއްވެސް ޓްރެއިލާއިން ފެނިގެންދެއެވެ. އަދި މިފަހަރުގެ ޓްރެއިލާގައި ސްޕައިޓަމޭންގެ ކުރީގެ ފިލްމްތަކުގައި ފެނިގެންދިޔަ ވިލަން، "ގްރީން ގޮބްލިން"ވެސް ވަރަށް ކައިރިން ދައްކާލަ އެވެ. މިފަހަރުގެ ފިލްމްގައި މި ދެ ކެރެކްޓަރވެސް އަދާކޮށްދޭނީ، ކުރިން އެ ކެރެކްޓަރ ތަކުން ފެނުނު އެކްޓަރުންނެވެ.

މާވެލް ސްޕައިޑަމޭން ސީރީޒްގެ ކުރީ ދެ ފިލްމްގައިވެސް ސްޕައިޑަމޭންގެ ރޯލު ކުޅެފައިވާ އެކްޓަރު ޓޮމް ހޮލެންޑް ފެނިގެންދާއިރު، ޓޮމް އިތުރަށް ބުނީ، ފިލްމްގައި ސްޕައިޑަމެންގެ ލޯބިވެރިޔާ "އެމް ޖޭ" ގެ ރޯލު ކުޅަމުން އަންނަ ޒުވާން ތަރި "ޒެންޑެޔޭ" މިފަހަރުގެ ފިލްމުންވެސް ފެނިގެންދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް