ޕްރީތީ ޒިންތާއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ އެވެ.

ޕްރީތީ އާއި އޭނާގެ ފިރިމީހާ ޖީން ގުޑްއިނަފް އަށް އެއްމާބަނޑު ދެކުދިން ލިބިފައި ވަނީ ސަރޮގޭޝަން މެދުވެރިކޮށެވެ. މި އުފާވެރި ހަބަރު ޕްރިތީ ފޭނުންނާއި ހިއްސާކުރީ ވަރަށް އުފާވެ ހުރެ މީސްމީޑިއާގައި ހިއްސާކުރި ފޮޓޯއަކުންނެވެ.

މިއީ ޕްރިތީގެ ފޭނުންނަށް ލިބުނު ބޮޑު ސަޕްރައިޒެކެވެ. މި ހަބަރު ހިއްސާކުރުމަށް މީސްމީޑިއާގައި ޕްރިތީގެ ފިރިމީހާ ޖީންއާއެކު ފޮޓޯއެއް ހިއްސާކުރުމަށްފަހު، ޕްރިތީ ބުނީ، މި އުފާވެރި ހަބަރު އެންމެންނާއި ހިއްސާ ކުރަން ބޭނުންވީ ކަމަށެވެ. އެގޮތުން އެދެމަފިރިންނަށް ލިބުނު އެއްމާބަނޑު ދެކުދިންނާއެކު ދެމީހުންވެސް ހުރީ އުފަލުން ފޮޅިފައި ކަމަށް ޕްރިތީ ބުންޏެވެ. އެ ދެމީހުންނަށް ލިބުނު އެއްމާބަނޑު ދެކުދިންނަށް ދީފައިވާ ނަމަކީ ޖައީ އާއި ގިއާ އެވެ.

ޕްރިތީގެ އާއިލާއަށް އިތުރުވި ކުޑަކުޑަ ޖައީއަށާއި ގިއާއަށް ވަރަށް އުފަލާއެކު މަރުހަބާ ކިޔާކަމަށްވެސް އޭނާ ހިއްސާކުރި ޕޯސްޓުގައި ލިޔެފައި ވެއެވެ. އަދި އޭނަގެ އެއްމާބަނޑު ދެކުދިން ސަރޮގޭޓް ކޮށްދިން ފަރާތަށާއި، ވިހެއުމަށް އެހީތެރިވި ޑޮކްޓަރުންނަށާއި ނަރުހުންނަށް ޕްރިތީ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

މި އުފާވެރި ޚަބަރާއެކު ޕްރީތީ ކުރި ޕޯސްޓަށް ބޮލީވުޑްގެ ގިނަ ފިލްމީތަރިންނާއި އޭނާގެ ފޭނުން ވަނީ ތަހުނިޔާ ކިޔައިފައެވެ.

ދެހާހުގެ ކުރީކޮޅުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ވިދާލި ބަތަލާ، ޕްރިތީ ޒިންތާ މިހާރު ވަނީ ބޮލީވުޑާއި ދުރުވެފަ އެވެ. ނަމަވެސް އޭނާ އަކީ މީސްމީޑިއާގައި ވަރަށް އެކްޓިވް ފަންނާނެކެވެ. ޕްރިތީގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި، "ކަލް ހޯ ނަހޯ"، "ވީރް ޒާރާ". އަދި "ކަމި ހުޝި ކަބި ގަމް" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ