ކަރަންޓީން ފެސިލިޓީއަކުން ފިލި ބަޔަކު އޮސްޓްރޭލިއާއިން ހައްޔަރުކޮށްފި

އޮސްޓްރޭލިއާގެ ކޮވިޑް ކަރަންޓީނު ފެސިލިޓީއަކުން ރޭގަނޑު ދަންވަރު ފިލި ބަޔަކު އޮސްޓްރޭލިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މީހުން ފިލައިފައި ވަނީ އޮސްޓްރޭލިއާގެ އުތުރު ޓެރެޓެރީގެ ޑާވިން ސިޓީގައި ބޭނުންކުރަމުންދާ ކޮވިޑް ފެސިލިޓީއަކުންނެވެ. މި ފެސިލިޓީއަކީ އެ ގައުމަށް އެނބުރި އަންނަ މީހުން ކަރަންޓީނު ކުރުމަށް ބޭނުންކުރާ މައި ފެސިލިޓީއެވެ.

އެ ފެސިލިޓީ ފަޅައިލައިގެން ދަންވަރުގެ ވަގުތުގައި ފިލީ ފެސިލީޓީގައި ކަރަންޓީނުވެފައި ހުރި ތިން މީހުންގެ ގްރޫޕަކުންނެވެ. އެ މީހުން ފިލީ ފެސިލިޓީގެ ފެންސް ހަލާކުކޮށްލައިގެން ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުނެފައިވެ އެވެ.

ބީބީސީ ނޫހުގައި ރިޕޯޓުކޮޮށްފައިވާ ގޮތުގައި ފުލުހުން މި މީހުން އަތުލައިގެންފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އަދި މި މީހުން ކޮވިޑަށް ޓެސްޓުކުރުމުން ނަތީޖާ ނެގެޓިވްވެފައި ވާކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ޑާވިން ސިޓީއަށް އައި ސައުތު އެފްރިކާގެ ފަތުރުވެރިއެއް، އާ ވޭރިއަންޓް އޮމިކްރޮން އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ސިޑްނީއިން ވަނީ އާ ވޭރިއަންޓް ފެނިފައެވެ.

އެއާއެކު އޮސްޓްރޭލިއާއިން ވަނީ އެގައުމުގެ އިންޓަނޭޝަނަލް ބޯޑަރު މި މަހުގެ މެދުތެރޭގެ ނިޔަލަށް ހުޅުވުން ފަސްކޮށްފަ އެވެ. އޮޮސްޓްރޭލިއާއިން ވަނީ ސައުތު އެފްރިކާގެ ނުވަ ގައުމަކަށް އެ ގައުމުގެ ބޯޑަރު ނުހުޅުވަންވެސް ނިންމައިފައެވެ.

ކޮވިޑް ކޮންޓްރޯލުކުރުމަށް އޮސްޓްރޭލިއާއިން ބޯޑަރު ބަންދުކޮށްފައި އޮންނަތާ 20 މަސްދުވަސް ވިއެވެ. މިއަދު ބޯޑަރު ހުޅުވަން އެ ގައުމުން ކުރި ނިންމި ނަމަވެސް، އެކަން ފަސްކުރީ ކޮވިޑްގެ އާ ވޭރިއަންޓް އާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ