މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު (އައްޔު) ގެ އަޑުން ކީ "ތީ ލޯބި ޖަވާހިރެކޭ" ލަވައިގެ ފުލް ވާޝަން މިއަދު ރިލީޒްކޮށްފި އެވެ. މީގެ ކުރިން މި ލަވައިގެ ހިތްގައިމު ކަޑިތަކެއް އައްޔުގެ އަޑުން ކިޔާ މީސްމީޑިއާއަށް ދޫކޮށްލުމާއެކު މި ލަވައަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
މި ލަވައަށް ލިބުނު ބޮޑު ތަރުހީބާއެކު އަދި ވަރަށް ގިނަ ދިވެހިންގެ އެދުމާއެކު އައްޔު މިވަނީ ލިވައިގެ ފުލް އެކުއަސްޓިކް ވާޝަނެއް ކިޔާ އާއްމުންނަށް ގެނެސްދީފައެވެ.
އައްޔުގެ މި ހިތްގައިމު ލަވަ މިއަދު ރިލީޒްކޮށްފައިވަނީ ދިވެހި އޮންލައިން މިއުޒިކް ޕްލެޓްފޯމް ލަވަފޮށިންނެވެ. އަދި މިހާރު މިލަވަ ޔޫޓިއުބުންވެސް އަޑުއަހާލެވޭނެ އެވެ.
ތީ ލޯބި ޖަވާހިރެކޭ ލަވައިގެ މިއުޒިކް ހަދާފައިވަނީ މަޝްހޫރު ކޮމްޕޯޒަރ ޝަހީދު ލެގަސީއެވެ ޝަހީދު ބުނި ގޮތުގައި މިއީ މިހާތަނަށް އޭނާ މިއުޒިކްގެ މަސައްކަތް ކުރި އެންމެ ރީތި ލަވައެވެ. އަދި އައްޔުގެ އެ ފުރިހަމަ ލަވައިގެ މުއިޒިކް ހެދުމުގެ މަސައްކަތް ޝަހީދު އާ ހަވާލުކުރުމުން އައްޔުއަށް ޝުކުރު އަދާކޮށްފައި ވެއެވެ.
"ތީ ލޯބި ޖަވާހިރެކޭ" އަކީ މަޝްހޫރު ހިންދީ ލަވަ "މޭ ރަންގް ޝަރްބަތޯކާ" ގެ ދިވެހި ވާޝަނެވެ. އައްޔުގެ އަޑުން އިވިގެންދިޔަ މި ހިތްގައިމު ލަވައިގެ ލިރިކްސް އަކީ އައްޔުގެ އަމިއްލަ ލިރިކްސް އެކެވެ.




