ނައިބު ރައީސް ފައިސަލް ނަސީމް--

ނައިބު ރައީސް ފުވައްމުލަކަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި، ނައިބު ރައީސް މި ދަތުރުފުޅުގައި އެސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ އެގްރީމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ ބަނދަރު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކު ސިޓީއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގައެވެ.

ނައިބު މިދިޔަ އޮކްޓޯބަރު މަހުވެސް ވަނީ ފުވައްމުލަކު ސިޓީ އަށް ޒިޔާރަތް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ފުވައްމުލަކު  މަގުތައް ހެދުމުގެ މަސައްކަތް އެމަނިކުފާނު ބައްލަވާލެއްވި އެވެ،

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ