"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި

ބޮޑު މަޝްހޫރުކަމެއް ހޯދި އެމެރިކާގެ ސިޓްކޮމް ސީރީޒް "ހައު އައި މެޓް ޔޯ މަދާ" ގެ ސީކްއެލްއެއް "ހައު އައި މެޓް ޔޯ ފާދާ" ގެ ނަމުގައި ގެނެސްދޭ ސީރީޒްގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

2005 ވަނަ އަހަރު ނެރުނު ސީރީޒް "ހައު އައި މެޓް ޔޯ މަދާ" ސީރީޒް ނިއްމާލީ 2014 ވަނަ އަހަރު ޖުމްލަ، ނުވަ ސީޒަނަކަށް ބަހާލައިގެންނެވެ. އެ ސީރީޒްގެ މައިގަނޑު ފަސް ރޯލުން ފެނިގެންދިޔަ ކާސްޓަކީ، ޖޯޝް ރެޑްނަރ، ކޯބީ ސްމަލްޑަރސް، ނީލް ޕެޓްރިކް ހެރިސަން، ޖޭސަން ސެގަލް، އަދި އަލިސަން ހެނިގަން އެވެ.

މި ސީރީޒްގެ މައިގަނޑު ޕްލޮޓް ބިނާވެފައި އޮތީ، ބައްޕަ(ޓެޑް މޮސްބީ) އަކު އޭނަގެ އަނބިމީހާ، ނުވަތަ ދަރިންގެ މަންމައާއި ދިމާވާ ގޮތް ވާހަކައެއްގެ ގޮތުގައި ކިޔައިދޭ ގޮތަށެވެ. އަދި މިވާހަކަ ކިޔައިދިނުމުގެ ތެރެއިން، ޓެޑް މޮސްބީ އާއި އޭނަގެ އިތުރު ހަތަރު ރައްޓެހިންނާއި ދިމާވާ ގޮތާއި، އަދި އެމީހުންގެ ދެމެދުގައި އުފެދުނު ވަރުގަދަ ރަހްމަތްތެރިކަމުގެ ގުޅުން ފެނިގެންދެއެވެ.

މީގެ ސްޕިން އޮފް ސީރީޒް، "ހައު އައި މެޓް ޔޯ ފާދާ" ގެ މައިގަނޑު ޕްލޮޓަކީވެސް ހަމަ "ހައު އައި މެޓް ޔޯ މަދާ" އާއި ދާދި އެއްގޮތް ވާހަކައެކެވެ. ނަމަވެސް މިފަހަރުގެ ވާހަކަ ގެނެސްދޭނީ މަންމައަކު ފިރިމީހާ ނުވަތަ ދަރިފުޅުގެ ބައްޕައާ ދިމާވި ގޮތް ފިރިހެން ދަރިފުޅަށް ކިޔައިދޭ ގޮތެވެ. އެގޮތުން މީގެ މައިގަނޑު ކެރެކްޓަރ "ސޯފީ" ގެ ރޯލުން ފެނިގެންދާނީ ބަތަލާ ހިރަލީ ޑަފް އެވެ.

"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު، "ސޯފީ" އޭނަގެ ވާހަކަ ފަށަނީ 2022 ން އެވެ.

މިއީ 10 އެޕިސޯޑުގެ ސީރީޒެކެވެ. އަދި ހުލޫގައި މި ސިރީޒް ޕްރީމިއާ ކުރަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖެނުވަރީ 16 ގަ އެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ