ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ މެރިޓައިމް ސަރވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް މިއަދު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި، މިކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.
މި މަސައްކަތުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 200,1 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 25.27 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގައު ޖެއްސުމާއި، 2.4 މީޓަރު ދިގުމިނުގެ 4.6 މީޓަރު ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތާއި، ވައު އައްސާ މޫރިންގ ބޮލަރޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 59.4 މިލިޔަން ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަހުގެ ތެރޭގައެވެ.



