ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވައި، ބަޔަކު ހައްޔަރަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ، އިދިކޮޅު ކޯލިޝަން ޕާޓީ ޕީޕީއެމް-ޕިއެންސީން ފައްޓަވައިފައިވާ "އިންޑިއާ-އައުޓް" ކެމްޕެއިންގެ ހަރަކާތުގެ ތެރެއިން، އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތް ފުލުހުން ހުއްޓުވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ބުނީ، ޕީޕީއެމްގެ ހުޅުމޭލެ ސްޓިއަރިން ކޮމިޓީން ހުޅުމާލޭގައި "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް މިއަދު ހަވީރު ކުރިއަށް ގެންދަނި އިއްޔެ ހަވީރު ކުރިއަށް ގެންދަނިކޮށް ފުލުހުން ހުއްޓުވައިފައިވާ ކަަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ހަަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ.

ހީނާ ބުނީ، "އިންޑިއާ-އައުޓް" ޓީޝާޓް ލައިގެން މަގުމައްޗަށް ނުނިކުމެވޭނެ ކަމަށް ފުލުހުން އެނގި ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ބައެއް މީހުން ދުއްވި ސައިކަލުތައް ވެސް ވަނީ ނުރައްކާތެރި ދުއްވުން ދުއްވައިގެން ކަމަށް ބުނެ ނަގައިފައި ކަމަށާއި، އަދި އެކަކު ހައްޔަރުކުރީ ފަހަތަށް ބިޑި އަޅުވައިގެންކަމަށް ހީނާ ބުންޏެވެ.

ފޮޓޯ: ޕީޕީއެމް

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަމުރަށް ނުކިޔަމަންތެރިވި ހަތަރު މީހުން ކަމަށެވެ.

އިދިކޮޅުން ފަށައިފައިވާ "އިންޑިއާ-އައުޓް" ކެމްޕެއިނާއި ގުޅިގެން އިދިކޮޅާއި، ވެރިކަން ކުރާ މައި ޕާޓީ އާއި ދެމެދު ބޮޑު ހަމަނުޖެހުންތަކެއް ވަނީ ހިނގައިފައެވެ. މި ހަރަކާތާއި ގުޅިގެން އެމްޑީޕީން ވަނީ މި ކެމްޕޭން ހުއްޓުވުމަށް ފުލުހުންނަށް ގޮވާލައިފައެވެ.

މި ކެމްޕެއިން އިތުރަށް ފުޅާކުރުަމަށް ރައީސް ޔާމީން މިހާރު ވަނީ އަތޮޅު ތެރެއަށްވެސް ފުރާވަޑައިގެންފަ އެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގައި ވެސް މި ހަރަކާތް އިއްޔެ ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ