ފޮޓޯ: ސަން އޮންލައިން

ރަށުގައި ތިން އަހަރު ނޫޅުނަސް، "ގެދޮރުވެރިޔާ ލޯނު" އަށް ހުށަހެޅޭ ގޮތަށް ހަދައިފި

ރަށްވެހިވެފައިވާ ރަށުގައި އުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ މީހުންނަށް "ގެދޮރުވެރިޔާ ލޯން" ދިނުމަށް ކުރިން ޝަރުތުކޮށްފައި އޮތް އޮތުން ބާތިލުކޮށްފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 14 ޖޫން 2021 ގައި ހުޅުވާލެވުނު "ގެދޮރުވެރިޔާ ލޯން" ޕްރޮގްރާމް ގައި ހިމެނޭ ޝަރުރުތުތަކުގެ ތެރޭގައިވާ "ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން 3 އަހަރު ވެފައިވުން" އޮތީ ޝަރުތުކޮށްފަ އެވެ.

ނަމަވެސް އެޗްޑީއެފްސީން އެންމެ ފަހުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ، "ގެދޮރުވެރިޔާ ލޯން" ޕްރޮގްރާމްގައި ހިމެނޭ އެ ޝަރުތު އުނިކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އިންފްރާސްޓްރަކްޗަރ އިން މިދިޔަ ޑިސެމްބަރު މަހުގެ 27 ގައި ނިންމައިފައިވާތީވެ އެކަން އަންގާ އިއުލާންކުރާ ކަމަށެވެ.

އެޗްޑީއެފްސީން އިތުރަށް ބުނީ، މިހާތަނައް މި ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ރިޖެކްޓް ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އަލުން ކުރިއަށް ގެންދިޔުމަށް ބޭނުންވާނަމަ، އެފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަން އަލުން ހުށަހެޅުމުން ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ