ނިއުޔޯކްގެ އިމާރާތެއްގައި ރޯވެ 19 މީހަކު މަރުވެއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ނިއު ޔޯކްގެ އެޕާޓްމެންޓް ބިލްޑިންއެއްގައި ހިނގި އަލިފާޏުގެ ހާދިސާއެއްގައި ނުވަ ކުޑަކުދިން ހިމެނޭހެން 19 މީހަކު މަރުވެއްޖެ އެވެ.

ނިއުޔޯކްގެ މޭޔަރު އެރިކް އެޑަމްސް ބުނި ގޮތުގައި މި އަލިފާނުގެ ހާދިސާއާއި ގުޅިގެން 19 މީހަކު މަރުވެފައިވާއިރު، އިތުރު 32 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި އެމީހުންގެ ތެރެއިން ގިނަ ބަޔަކު އޮތީ ވަރަށް ސީރިއަސް ހާލަތުގައެވެ.

އިމާރާތުން އަލިފާން ނިއްވުމުގައި އުޅުނު ފަޔާ ޑިޕާޓްމެންޓްގެ ކޮމިޝަނަރ ބުނެފައިވާގޮތުގައި، 19 ބުރިއަށް ހަދައިފައިވާ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއަކުން ވަނީ މަރުވެފައި އޮތް މީހުން އެމީހުންނަށް ފެނިފައެވެ. އަދި މިއީ ފާއިތުވި 30 އަހަރު ތެރޭގައި މިފަދަ ހާދިސާއެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އަލިފާނުގެ ހާދިސާކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިއު ޔޯކްގައި މި އަލިފާނުގެ ހާދިސާ ހިނގައިފައި މިވަނީ، އެމެރިކާގެ ޕެންސެލްވީނިއާ ސްޓޭޓުގައި ހުންނަ ފިލަޑެލްފިޔާ ސިޓީގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެ، އަށް ކުޑަކުދިންނާއެކު 12 މީހުން މަރުވި ހާދިސާ ހިނގިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.

އޮފިޝަލުން ބުނެފައިވާ އަލިފާންގަނޑު ފުރަތަމަ ރޯވެފައިވަނީ އެޕާޓްމެންޓް ބިލްޑިންގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގަ އެވެ. އަދި އަލިފާން ހިފި އެޕާޓްމެންޓެގެ ދޮރުތައް ހުޅުވައިފައި ހުރުމުގެ ސަބަބުން އަލިފާނުގެ ދުންގަނޑު އެހެން ފަންގިފިލާތަކަށް ފެތުރި، މުޅި އިމާރާތައްވެސް ފެތުރިގެން ދިޔަ ކަމަށް ކޮމިޝަނަރ ވަނީ ބުނެފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި، އިމާރާތުގެ ފަންގިފިލާތަކުގައި ބޯ ދުންގަނޑާއެކު ތާށިވެފައި ހުރި މީހުން ވަނީ ކުޑަދޮރުކައިރީ ހުރެ އެހީއަށް އެދި ހަނާއަޅައިފައެވެ. އަދި ގިނަ ބަޔަކު ބިރުން ޕެނިކްވާތަން ފެނިފައިވާ ކަމަށާއި، ނަމަވެސް އެކަކުވެސް އިމާރާތުން ބޭރަށް ފުންމާލައިފައި ނުވާކަމަށް މީހަކު ވަނީ ބުނެފަ އެވެ.

މި ހާދިސާގައި ޖުމްލަ 63 މީހަކަށް އަނިޔާވެފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަނީ 32 މީހުން ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، އިމާރާތުގައި އަލިފާން ރޯވި ސަބަބު އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވާން މެދުވެރިވީ އިމާރާތުގައި ހުރި ހީޓަރެއްގައި އަލިފާން ރޯވެ، އެއަލިފާންގަނޑު ފެތުރުމުގެ ސަބަބުން ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް