ބީސީއެމް ޖަމިއްޔާ އިއްޔެ ވަނީ އިފްތިތާހުކޮށްފަ -- ފޮޓޯ/ ބީސީއެމް

ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމިއްޔާ އިފުތިތާހުކޮށްފި

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)ގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު ޖަމުޢިއްޔާ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު ރޭ އިފުތިތާހުކޮށްދެއްވައިފިއެވެ.

ބީ.ސީ.އެމްއަކީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، އިޖުތިމާޢީ މަސައްކަތްތައް ކުރިއެރުވުމާއި، ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމާއި، ޓެރަރިޒަމާއި ހަރުކަށި ޢަމަލުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ އިތުރުން ހެލްތު އެޑިއުކޭޝަން ކުރިއެރުވުމެވެ. އެ ގޮތުން ޖަމުޢިއްޔާގެ އެގްޒެކިއުޓިވް ބޯޑަށް އިންތިޚާބުވެފައިވަނީ މި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.

ބީސީއެމް ޖަމިއްޔާ އިއްޔެ ވަނީ އިފްތިތާހުކޮށްފަ -- ފޮޓޯ/ ބީސީއެމް

ޓީ.އެފް.ޖީ ބިލްޑިންގގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު، ޖަމުޢިއްޔާގެ އެގްޒެކިއުޓިވް ބޯޑުގެ 8 މަޤާމަކަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ.

މީގެ އިތުރުން ޖަމުޢިއްޔާގެ މެންބަރުންނަށް ޚާއްޞަކުރެވިގެން، ތަފާތު އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ "އެލީޓް ކާޑެއް" މި ރަސްމިއްޔާތުގައި ލޯންޗުކޮށްފައިވެއެވެ. މި ކާޑު ލޯންޗްކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާއެވެ.

ބީ.ސީ.އެމް އިފުތިހާހުކުރެވުނީ 100ށް ވުރެ ގިނަ އަންހެނުންގެ މެންބަރޝިޕަކާއެގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބޮންދު

    ތިގޮތަށް ހަދަާ ޖަމްޢިޢްޔާ ތަކުން ފަށަނީ އަންހެނުންގެ ޙައްޤުގެ ނަމުގައި ދީނަށް ފުރަައްސާރަކުރަން. ޢެހެން ނުހަދާތި އިގޭ. ޢެހެނވާނަމަ ތިގުރޫޕްވެސް ކަޑަވީދޯ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ