ފޮޓޯ: މިނިސްޓަރު މަހުލޫފް

ފުނަދޫ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައެއް

ށ. ފުނަދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

ގިނަ އަދަދެއްގެ އިންޑިއާ ޓީޗަރުން ކިޔަވައިދެމުންދާ ފުނަދޫ ސްކޫލުގެ ފާރުގައި އިންޑިއާ ބޭރުކުރުމަށް ގޮވާލާ އެކި އެއްޗެހި ކަޅު ކުލައިން ސްޕްރޭ ކޮށްފައި ހުއްޓެވެ. ސްކޫލު ފާރުގައި މިހެން ލިޔެފައި މިވަނީ ދެވަނަ ޓާމުގެ ޗުއްޓީ ބަންދަށް ފަހު މިއަދު އަލުން ސްކޫލު ހުޅުވާ ދުވަހާއި ދިމާކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ (ޕީއެސް) ވިދާޅުވެފައި ވަނީ، މި މައްސަލަ ސަމާލުކަމަށް އައީ މިއަދު ހެނދުނު ކަމަށެވެ. އަދި އެ މައްސަލަ ބަލައިދޭން ފުލުހުންގެ އިދާރާގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނީ، މިފަދަ މައްސަލައެއް މިއަދު ހެނދުނު 11:38 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ދަނީ ބަލަމުންކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި އަމަލު ހިންގައިފައި ވަނީ އެމްޑީޕީގެ އެކްޓިވެސްޓެއް ކަމަށް ހަބަރު ފެތުރިފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ސަރުކާރުގެ ގިނަ އިސް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ށ.ފުނަދޫ ދަރިވަރުންނަށް ކިޔަވައިދޭ 40 އަށްވުރެ ގިނަ އިންޑިއާ ޓީޗަރުންތިބޭއިރު، ސްކޫލް ފާރުގައި”އިންޑިއާ ރައްޔިތުންނަށް ނޫނެކޭ “ ބުނުމަށް ގޮވާލާ ލިޔުމުގެ ސަބަބުން ޓީޗަރުން ތިބީ ބޮޑުކަންބޮޑުވުމެއްތެރޭގައި ކަމަށެވެ.

"ސިޔާސީ ބޭނުމެއްގަ މިފަދަ ޒިންމާދާރުކަމެއްނެތް އަމަލުތައް ހުއްޓާލަންޖެހޭ" މަހް؛ީގި ލިޔެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ