ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް - ފޮޓޯ: ރައީސް އޮފީސް

ޔާމީން ޖަލުގައި ހުންނެވި މުއްދަތަށް 2.4 މިލިއަން ރުފިޔާ ދީފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ ހުކުމުން ސަލާމަތްވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލު ބަންދުގައި ހުންނެވި މުއްދަތުގައި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުމަށް އެދިވަޑައިގަތުމުން، އެ މުއްދަތަށްވާ 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ދީފިއެވެ.

ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާ އަށާއި އޭނާގެ އާއިލާއަށް ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތަކެއް ނުލިބޭނެ އެވެ. އެހެންކަމުން އެ އިނާޔަތްތައް ރައީސް ޔާމީނަސް މެދުކެނޑުނީ އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރި ހިސާބުން ފެށިގެންނެވެ.

ނަމަވެސް އެމަނިކުފާނަށް އިއްވައިފައިވާ ޖަލު ހުކުމް ސްޕްރީމް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ބާތިލް ކުރުމާއެކު، އެ މަނިކުފާނަށް ކުރީގެ ރައީސްގެ ހައިސިއްތުން ދޭން ޖެހޭ މާލީ އިނާޔަތްތައް ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަދޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ޖަލު ހުކުމުގެ ކުރިން މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއައި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާ ހިމެނޭހެން ޖުމްލަ 2.4 މިލިއަން ރުފިޔާ މިހާރު އެމަނިކުފާނުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފަ އެވެ. އަދި އިނާޔަތުގެ އިތުރުން މިދިޔަ ޑިސެންބަރު މަހަށް ލިބެން ޖެހޭ އިނާޔަތް ވެސް މިހާރު ޖަމާކޮށްފައިވާ ކަމަށް ފިނޭންސުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން މިނިވަންވުމާއެކު، އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ޓީމުން ހުށަހެޅި އެވެ.

އިނާޔަތްތައް ހޯއްދަވަން ހުށަހެޅުއްވުމާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖަލު ހުކުމް ކުރުމާ ހަމައަށް ވެސް އިނާޔަތްތަކުގެ ތެރެއިން އެމަނިކުފާނު ނަންގަވަމުން އައީ މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި އިތުރު 50،000ރ. އެކަނި ކަމަށެވެ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހުނު ނަމަވެސް އެފަަދަ އޮފީހެއް ނުހިންގަވާތީ އެ ފައިސާ އެމަނިކުފާނު ނުނަންގަވާ ކަމަށެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގަ އެވެ. ސްޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރުމާ ދެމެދު ދެ އަހަރާއި ދެ ދުވަސް ހޭދަވި އެވެ.

އެހެންކަމުން ހޯއްދަވަން ހުށަހަޅުއްވާފައިވާ އިނާޔަތްތަކުގެ ދެ އަހަރަށް ވާ އަދަދު ބަލާނަމަ، އެއީ 24 ލައްކަ ނުވަތަ 2.4 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް