މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒެއް - ފޮޓޯ: ރައީސް އޮފީސް

އަނެއްކާވެސް ސިފައިންގެ ތަމްރީނު ހަދަމުންދިޔަ ދެ މީހަކަށް ފަރުވާދެނީ!

މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުންދިޔަ ދެ މީހަކަށް އައިޖީއެމް ހޮސްޕިޓްލަގައި ފަރުވާދޭން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ ތަރުޖަމާނު ވަނީ ދެ ދަރިވަރަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

މި ދެ ދަރިވަރުން ފަރުވާއަށް މާލެ ގެނެސްފައިވަނީ ކޮން ކަހަލަ ހާދިސާއެއް ހިނގައި، ކޮން ކަހަލަ ޞިއްޙީ މައްސަލަތަކެއް ދިމާވެގެންކަން އެމްއެންޑީއެފްއިން ސާފުކޮށްދީފައެއް ނުވެއެވެ. އަދި އެ ދެ މީހުންގެ މިހާރުގެ ހާލަތުވެސް ސާފުކޮށްދީފައި ނުވެއެވެ.

ސިފައިންގެ ތަމްރީނު ފުރިހަމަކުރަމުންދިޔަ ދެ މީހަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، ދާދި ފަހުން ވަނީ އެ ތަމްރީނު ފުރިހަމަކުރަމުންދިޔަ ދިވެއްސަކު ނިޔާވެފައެވެ.

ގދ. ގައްދޫއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް ނިޔާވެފައިވަނީ، ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ފަހު، ޅ. ނައިފަރު ހޮސްޕިޓަލަ އިތުރު ފަރުވާ ދެމުންދަނިކޮށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ