މެދުރާއްޖެތެރޭ ރަށެއްގެ ސުކޫލެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ލީޑިން ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 2019 ޖޫން 22 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގެ 46 އަހަރުގެ ދިވެހި ފިރިހެން ލީޑިންގ ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޯޓުއަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި މި މީހާ، އެ ސްކޫލްގެ ދަރިވަރުންތަކަކަކަށް އެކި ދުވަސް ވަމިން ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.
"2019 ޖޫން 22 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މެދުރާއްޖޭތެރޭގެ ރަށެއްގެ ސްކޫލެއްގެ 46 އަހަރުގެ ދިވެހި ފިރިހެން ލީޑިންގ ޓީޗަރެއް އެ ސްކޫލްގެ އަންހެން އަދި ފިރިހެން ކުދިންތަކަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކުރެވިފައި." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާގެ މަޢުލޫމާތު 23 ޖޫން 2019 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ހިއްސާކުރައްވާފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ޖިންސީ ގޯނާގެ މަޢުލޫމާތު ލިބުމާއެކު ޖެންޑަރ މިނިސްޓްރީއަށް ލިބުމާއެކު، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ކަމަށާއި، ފުލުހުންގެ ތަޙްޤީޤު ކުރިއަށްދާއިރު އެ މަސައްކަތް ވަރަށް ގާތުން ޖެންޑަރ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
3 Responses
އަނެއްކާ ތީ ދިޔަމިގިލީ މީހެއްތަ؟
ކޮން ރަށެއްގެ ކާކު؟؟؟؟؟؟
Medhu raahje therye kon rasheh anehkaa