ލީޑިން ޓީޗަރުގެ ބަންދަށް 10 ދުވަސް

ސްކޫލް ދަރިވަރުންތަކަަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މެދުރާއްޖެތޭގެ ރަށަކުން ހައްޔަރުކުރި ސްކޫލް ލީޑިންގ ޓީޗަރުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އުމުރުން 46 އަހަރުގެ ދިވެހި ފިރެހެން ޓީޗަރުގެ ބަންދަށް 10 ދުވަސް ޖަހައިފައިވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރުމާއި ގުޅިގެން، މިނިސްޓްރީން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ކޯޓު އަމުރެއްގެ ދަށުން ނެވެ.

ދެޖިންސުގެ ގިނަ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ލީޑިންގ ޓީޗަރުގެ މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށްވެސް ހުށަހަޅާފައެވެ.

މި މައްސަލައިގައި އެޑިއުކޭޝަނުން އަދި ވަކި އެއްޗެއް ވިދާޅުވެފައި ނުވާއިރު، ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ހާދިސާ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ