ދ. ކުޑަހުވަދޫގައި ކުޑަ ދެ ކުދިންގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ ވަޅިން ހަމަލާދީފިއެވެ.
ފުލުހުން ވިދާޅުވީ، ދެބެއިންގެ ދެމެދުގައި ހިނގި އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 21:35 ގައި ކަމަށެވެ.
މި ހަމަނުޖެހުމުގައި އެކަކުގެ ފައި ކުޑަކޮށް ޒަހަމްވި ނަމަވެސް، އެއްވެސް ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރައްވަމުންނެވެ.