ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2019 ޖުލައި 11 ވަނަ ދުވަހުގެ 23:35 ހާއިރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ ކަމަށެވެ.

މި ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށާއި، ނަމަވެސް އަނިޔާލިބޭ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި އަތޮޅާއި ރަށް ހާމަކުރެވެން ނެތްކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ކޮންމވެސް ރަށެއްގެ ކޮންމެވެސް މީހެއް

    މިހާރު ޚަބަރުުުތަކުގެ 7 ކާފު ހަމަ ނުވާތީ ޚަބަރު ފުރިހަމަ ނުވޭ. ކޮންމެވެސް ރަށެއްގެ ކޮންމެވެސް މީހަކު މަރުވެއްޖެ. ވާނުވާ އެނގޭ ދޯ؟

  2. އައިމިނަތު މުހައްމަދު

    ރާއްޖޭގެ ދެކުނުގަ މިނޫންކަމެއްނެތީބާ؟؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ