13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އެކުއްޖާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިކުއްޖާއަށް ބޭބެ ޖިންސީ ގޯނާ ކޮށްގެން އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ އެމިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި ނަމަވެސް، އެކުއްޖާގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެއީ ކޮން ރަށެއްކަން ހާމަކުރެވޭކަށް ނެތެވެ.
މި މައްސަލަ އާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ. އަދި މައްސަލަ އާއި ގުޅިގެން މިހާކު ހައްޔަރުކުރި ކަމެއްވެސް އެނގިފައެއް ނުވެއެވެ.