އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަހުނިޔާ ފޮނުއްވައިފި

އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސަލާޙުއްދީން ރައްބާނީއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައްޔިތުންނާއި ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާ ދެންނެވިއެވެ. އަދި އެޤައުމަށް ސުލްހަވެރި، އުފާފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ. މިނިސްޓަރ ޝާހިދުގެ މެސެޖްގައި ދިވެހިރާއްޖެއާއި އަފްޣާނިސްތާނާއި ދެމެދު އޮތް ރަހުމަތްތެރި ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް