ފެނަކަ އައްޑޫ ސޭލްސް ސެންޓަރ - ފޮޓޯ: ފެށުން

ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީއެއް ފެނަކައިން ދެނީ

ވިހެއުމާއި ގުޅިގެން ކޮންމެ މަޔަކަށް 6 މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިއްމައިފިއެވެ.

ފެނަކައިން ވިދާޅުވީ، ވިހެއުމާއި ގުޅިގެން ލިބިދެވޭ ޗުއްޓީގައި ކޮންމެ މަޔަކަށް 06 މަސް ދުވަސް އަދި ކޮންމެ ބައްޕަޔަކަށް 30 ދުވަސް ދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާކަމަށެވެ.

ވިހެއުމާއި ގުޅިގެން ކޮންމެ މަޔަކަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނުން މިއީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެކެވެ.

ވިހެއުމާއި ގުޅިގެން ކޮންމެ މަޔަކަށް 6 މަސްދުވަހުގެ ޗުއްޓީ ދިނުމަށް ފެނަކަ އިން ނިއްމައިފައިވާއިރު، މީގެ ދުވެސަކޮޅެއް ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ވަޢުދުފުޅު ފުރިހަމަކޮށްދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ