އެސްޓީއޯ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އެސްޓީއޯގެ އިސް ދެ ބޭފުޅަކު ވަޒީފާއިން ވަކިކޮށްފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގައި ގިނަ ދުވަހު މަސައްކަތް ކުރައްވައި އަދި މެނޭޖްމަންޓްގެ އިސް މަގާމުތައް ފުރުއްވަމުން ގެންދެވި ދެ ބޭފުޅަކު މިއަދު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފިއެވެ.

"ފެށުމަށް" އެނގިފައވާ ގޮތުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން މިއަދު ވަކިކޮށްފައި ވަނީ، އެނާޖީ އެންޑް ސްޓޭޕުލް ފުޑްސް ސެކްޝަންގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރާއި ޕްރޮކިއުމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އެވެ.

އެސްޓީއޯގައި 12 އަހަރު ހިދުމަތް ކުރައްވައި އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ހެޑްކަން ކުރައްވާފައިވާ ރަމްޒީ އަކީ އިނގިރޭސިވިލާތުން މާކެޓިންގެ ދާއިރާއިން ބެޗްލާޒް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ރަމްޒީ ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމް އާއި މިފްކޯގެ ބޯޑް މެންބަރުކަން ކުރައްވައިފައެވެ.

އެސްޓީއޯގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާ ޝުޖާއު ވަނީ އިނގިރޭސިވިލާތުން ޓެކްނޮލޮޖީ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ހާސިލް ކުރައްވާފައެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ރަމްޒީ އާއި ޝުޖާއު މަގާމުން ވަކިކުރީ އެސްޓީއޯގެ އާ މެނޭޖްމަންޓުން ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ކުންފުނީގެ ހަރަދު ކުޑަކުރުމަށް ތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތައް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހަފޫ

    މިސަރުކާރަކީ ބަހާޢަމަލާދިމާނުވެ ދޮގުހަދަމުންދާ ސަރުކާރެއް ވަޒީފާއިން ވަކިނުކުރާނަމޭ ކީމިިުން ކޮބާ ކޮންތާކުމިޖެހުނީ ތަނެއްދޮރެއްނުބަލާާ ކިނޑާ އެއްލާލަނީ މިއީ ރައިޔިތުންގެ ސަރުކާރު ސާބަސް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ