މިއަދު 300 ޓަނާ ގާތަށް މަސް ގަނެވޭނެ ކަމަށް މިފްކޯ ބުނެފި

އުތުރުގައި އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައި ވާތީ، ކޫއްޑޫގައި ގެންގުޅޭ ބޯޓު ފަހަރު، ފެލިވަރު ބަނދަރަށް ގެންދިއުމާއެކު މިއަދު 300 ޓަނާ ގާތަށް މަސް ކިރުވޭނެ ކަމަށް މިފްކޯ އިން ބުނެފިއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ދީދީ (ޑީޑީ) ވިދާޅުވީ ފެލިވަރުގައި މަސް ގަނެވޭނެ އެކަށީގެންވާ ކެޕޭސިޓީ ނެތް ކަމަށާ، ނަމަވެސް ކޫއްޑޫގައި ހުރި ބޯޓު ފަހަރު ގެންގޮސްގެން އޮޕަރޭޝަން ފުޅާކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު މަސް ގަތުމުގެ ކެޕޭސީޓީ 300 ޓަނާ ގާތަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސް ބޯޓު ފަހަރު ކޫއްޑޫ އިން ގެންގޮސް ގެން އޮޕަރޭޝަން ކުރި އަށް މި ގެންދަނީ. އެކަމަކު ބޯޓެއް ކޫއްޑޫ އިން ފެލިވަރަށް ދާން އެބަ ނަގާ ދެ ދުވަސް. ބޯޓު ފެލިވަރުން މަސް ހިފައިގެން ގޮސް ކޫއްޑު އަށް ހުސްކޮށްފަ ދާން ނަގާ ފަސް ދުވަސް. އެހެންވެ ވަގުތު ގޮޅެއް ނަގާ،" ޑީޑީ ވިދާޅުވި އެވެ.

މިފްކޯ އިން ދަނީ މަސް ކިރުވޭނެ ކެޕޭސީޓީ އިތުރު ކުރުމުގެ ގޮތުން، އެހެން ކުންފުނިތަކުގެ ފެސިލިޓީ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޮރައިޒަން އިން ހިންގާ ށ. ކީކިމިނީ ސްޓޯރޭޖު އޮޕަރޭޝަނަށް ގެންނަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ