ހައިކޯޓް - ފޮޓޯ: ވީ ނިއުސް

ފިރިމީހާ އަނބިމީހާ ރޭޕްކުރި މައްސަލައެއްގެ ޝަރީއަތް ހައިކޯޓުގައި ފަށައިފި

ދިވެހިރާއްޖޭގައި ފިރިމީހާ އަނބިމީހާ ރޭޕުކުރުމުގެ މައްސަލައެއްގެ އިސްތިއުނާފް ޝަރީއަތް މިއަދު ހައިކޯޓުގައި ފަށައިފިއެވެ.

މައްސަލައިގެ ބާވަތުން މައްސަލަ ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެނެއް ނޫނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، އިބްރާހީމް ޝާހް، ޖަވާހިރުމާގެދެކުނު ގދ. ތިނަދޫއާ ދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މި މައްސަލައަކީ، މިހާތަނަށް ބޭއްވޭ މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.

މި މައްސަލައިގެ އަޑު އެހުންތައް މިއަދު ހައިކޯޓުގައި ފެށިފައިވާއިރު، ފުރަތަމަ އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަ ވެގެން މިއަދު ނިންމާލިއިރު ދައުލަތުންވަނީ މައްސަލަގާ އިސްތިޢުނާފުކުރާ ނުކުތާތައް ޝަރީޢަތުގައި ފާހަގަކޮށްފައެވެ.

މިއަދުގެ އަޑު އެހުން ވަގުތު ހަމަވެގެން ނިންމާލީ އެހެން ދުވަހަކުން އިތުރު އަޑު އެހުމެއް ބާއްވާނެކަން އިއުލާންކުރުމަށްފަހުއެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު ޢުޘްމާން، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އަދި ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒުއެވެ. އަދި މައްސަލައިގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު އަލްއުސްތާޛު އަލީ ސަމީރުއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ