ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ގެއަކަށް ވަދެ ދެ އަންހެނުންނާ ގަދަކަމުން ބަދުއަހުލާޤީ ގުޅުން ހިންގަން އުޅެފި

ގެއަކަށް ވަދެ އަންހެނުންތަކަކަަށް ގަދަކަމުން ބަދުއަހުލާޤީ ގުޅުން ހިންގަން އުޅުނު ދެމީހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުންއަލިވެ 02:30 ހާއިރު ލ.ގަމު ތުނޑީ އަވަށުގައެވެ.

ފުލުހުން ވިދާޅުވީ، ލ.ގަމު ތުނޑީ އަވަށު ގެއަކަށް ވަދެ އެގޭގައި އުޅޭ އަންހެނުންނަށް ބިރުދައްކާ ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ދެ ފިރިހެނުން އެގެއަށް ވަދެ ގަދަކަމުން ބަދުއަޙްލާޤީ ގުޅުން ހިންގަން މަސައްކަތް ކޮށްފައިވަނީ އެގޭގައި ދިރިއުޅުނު ދެ އަންހެނުންނަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މި މައްސަަލައިގައި ތުހުމަތު ކުރެވޭ ދެމީހުން، އެގޭ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

"މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ގޭތެރެއިން." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ